ނައިބުރައީސް ޖަރުމަނަށް ފުރާވަޑައިގެންފި
ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް، ޖަރުމަނުވިލާތުގެ ބަރލިންއަށް ރޭ ފުރާވަޑައިގެންފި އެވެ.ނައިބުރައީސްގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ބާލިންގައި މި މިމަހުގެ 15 އިން 21 އަށް ކުރިއަށްދާ ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.މިއަހަރުގެ ފޯރަމްގައި ދުނިޔޭގެ ލީޑަރުންނާއި، ސިޔާސަތު އެކުލަވާލާ އިސްފަރާތްތަކާއި، އެންމެ ބޮޑަށް އަސަރުކޮށްފައިވާ މުޖުތަމައުތަކުގެ މަންދޫބުންގެ އިތުރުން އެބައެއްގެ ފެންވަރުގައި ހައްލުތައް ގާއިމުކުރަމުންދާ ޒުވާން އީޖާދުވެރިން އެއްތަންވެ މަޝްވަރާކުރާނެ އެވެ. އަދި ކަނޑުގެ ލޮނގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ހައްގުތައް ހިމާޔަތްކުރުމާ ބެހޭގޮތުން ބާއްވާ މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ