މުދާ ބަރުކޮށްގެން ފުރަން އުޅުނު ބޯޓެއް ޓީ-ޖެޓީއަށް ފެތިއްޖެ

ވެރި ރަށް މާލޭއިން މުދާ ބަރުކޮށްގެން ފުރަން އުޅުނު ބޯޓެއް ޓީ-ޖެޓީއަށް މިއަދު ފެތިއްޖެ އެވެ. 
ފެތުނީ "ކުރިމަގު" ނަމަކަށް ކިޔާ ދޯންޏެވެ. ފުލުހުން ބުނީ އެ އޮޑި ފެތުނީ މުދާ ބަރުކޮށްގެން ނައްޓާލި ތަނާ، ދިޔަވާން ފެށުމުން އަނބުރާ ބަނދަރަށް ވަން ފަހުން ކަމަށެވެ، 
"ކުރިމަގު ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިޔުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަން ފަހުން،" ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ. 
އެ ހާދިސާ ހިނގާފައި ވަނީ މިރޭ 7:31 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 
އަޑިއަށް ދިޔަ ދޯނި ނެގުމަށް އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ދޯނީގެ ވެރި ފަރާތުން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ