ދިވެހި ރައްޔިތުންގެ ލޯތްބާއި ތާއީދު މުއިއްޒަށް ނުލިބުނު ކަމަށް ޔާމީން ވިދާޅުވެއްޖެ ދިވެހި ރައްޔިތުންގެ ލޯތްބާއި ތާއީދު މުއިއްޒަށް ނުލިބުނު ކަމަށް ޔާމީން ވިދާޅުވެއްޖެ

ދިވެހި ރައްޔިތުންގެ ލޯތްބާއި ތާއީދު ރައީސް މުހައްމަދު މުއިއްޒަށް ނުލިބުނު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި މިރޭ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ރައްޔިތުންގެ ލޯތްބާއި ތާއީދު ނުލިބުމުން މުއިއްޒު ބައްލަވަނީ ކުރެވުނު ގޮތަކަށް ކުރެވުނު ކަމެއް ކޮށްގެން ވެރިކަމުގައި ދެމިހުންނަން ކަމަށެވެ.
"މިއީ ރައްޔިތުންގެ ތާއީދު ލިބިގެން، ރައްޔިތުންގެ ލޯބި ހޯއްދަވައިގެން ވެރިކަން ކުރާ ރައީސެއް ނޫން. މި ހުންނެވީ ކުރެވުނު ގޮތަކަށް ކުރެވުނު ކަމެއް ކޮށްގެން ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ ބޭފުޅެއް،" ޔާމީން ވިދާޅުވި އެވެ.
މި ވެރިކަމުގައި، ޝަކުވާ ނޫން ކަމެއް އުފުލުމުގެ ޖާގައެއް ރައްޔިތުންނަށް ނުލިބޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ޝަކުވާ ނޫން ކަމެއް އުފުލާނެ ޖާގަ ދިވެހިރާއްޖޭގައި ނެތީ މިއަދު. މިއީ އަޅުގަނޑުމެން ފެބްރިކޭޓް ކުރާ ކަމެއް ނޫން. މިއީ ދިވެހި ރައްޔިތުން މިއަދު އިހުސާސް ކުރާ، އުދާސް ކުރާ ދަތިކަމާއި އަޅުވެތިކަމާއި ނިކަމެތިކަން،" ޔާމީން ވިދާޅުވި އެވެ.
މުއިއްޒުގެ ވެރިކަމަކީ އަނދިރި ދައުލަތެއް ކަމަށް ސިފަ ކުރައްވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން ހިންގާ ބޭއިންސާފުގެ ނަތީޖާއަކަށްވާނީ ދިވެހި ރައްޔިތުން ފުނޑިގެންް ދިޔުން ކަމަށެވެ.
"އަނދިރި ދައުލަތެއްގެ ފަރާތުން މި ހިންގާ ބޭއިންސާފުގެ ނަތީޖާއަކަށް ވެގެންމިދަނީ ދިވެހި ރައްޔިތުން ފުނޑިގެން ދިޔުން،" ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ދައުލަތުން ކުރި ވައްކަމަކުން ހޯދި ފައިސާ، ސަރުކާރުގެ ވެރިއެއްގެ ދަރިއެއްގެ އެކައުންޓުގައި އެބަ ހުރި އެވެ.
"810،000 ޑޮލަރު މިއަދު އެހުރީ ކޮންމެވެސް އިސް ބޭފުޅެއްގެ ދަރިއެއްގެ، ސިލޯނުގައި ހުރި ބޭންކް އޮފް ސިލޯނުގެ އެކައުންޓެއްގައި. އަޅުގަނޑެއް ރައްޔިތުން ކައިރި ދޮގެއް ނުހަދާނެ. މީގެ ހަގީގަތް ތިޔަ ބޭފުޅުން ހޯއްދަވާ،" ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ވެއްޖެއްޔާ ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު. އެކަމަކު އަޅުގަނޑެއް، އަޅުގަނޑު ކުރާ ވައްކަމާއި އަޅުގަނޑުގެ އަތުގައި ހުރި ލާރި، އަޅުގަނޑު އެއަށް ފޭސް ކުރަން ނުކެރިގެން އަޅުގަނޑުގެ އަނބިމީހާ އާއި ދަރިންގެ ނަމުގައި ނުބަހައްޓަމޭ. ހާދަ ފިނޑި ކަމެކޭ އެއީ. އެއީ ފިރިހެން ސިފައެއް ނޫނޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ