ނަބާ ސެމީގައި، އާރާ ޑަބަލްސް ބައިން ފައިނަލުގައި ނަބާ ސެމީގައި، އާރާ ޑަބަލްސް ބައިން ފައިނަލުގައި

ރާއްޖޭގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން ރުހުންދީފައިވާ ޓެނިސް މުބާރާތެއް، މޯލްޑިވްސް ޖޫނިއާ އޯޕަންގެ އަންހެން ސިންގަލްސް ސެމީ ފައިނަލުން ނަބާ ނިޝާން ޖާގަ ހޯދައިފި އެވެ.
ޖުމްލަ 24 ގައުމެއްގެ ކުުޅުންތެރިން ވާދަކުރާ މޯލްޑިވްސް ޖޫނިއާ އޯޕަންގެ އަންހެން ޑަބަލްސް ކެޓަގަރީގެ ފައިނަލުން ރާއްޖޭގެ އާރާ އާސަލް އާޒިމް އާއި ތައިލޭންޑްގެ ޓެރީޓާ ހޮން ޔޮންގެ ޕެއާ އިން ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
އަންހެން ސިންގަލްސްގައި، 32 ކުޅުންތެރިން ވާދަކުރާއިރު، ނަބާ މި ވަނީ ސެމީގެ ޖާގައާ އެކު، ގަދަ ހަތަރެއްގައި ހިމެނިފަ އެވެ.
ސެމީގައި މާދަމާ ހެނދުނު ކުޅެން ހަމަޖެހިފައިވާ ނަބާ ނުކުންނާނީ ދެކުނު ކޮރެއާގެ ސިއުންޔަންއާ ދެކޮޅަށެވެ. ނަބާ ސެމީ ފައިނަލްގެ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އެލިޒަވެޓާ ޒެލެނޯވާ އާއި ދެކޮޅަށް ކުޅެ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ސެޓުތައް ގެންދިޔައީ 6-1، 6-1 ންނެވެ.
އަންހެން ޑަބަލްސް ކެޓަގަރީގެ ފައިނަލުން ރާއްޖޭގެ އާރާ އާއި ތައިލޭންޑްގެ ޓެރީޓާ ވާދަކުރީ ފްރާންސްގެ ޒިގޫރްޑާ އާއި ޕްރިވަލޯވާގެ ޕެއާއާ ސެމީ ފައިނަލުގައި ކުޅެގެން 6-1، 7-5 އިން މެޗު ކާމިޔާބު ކުރުމުންނެވެ. ފައިނަލުގައި އާރާ އާއި ޓެރީޓާ ކުޅޭނީ ދެކުނު ކޮރެއާގެ ސެއުން އާއި ޗައިނާގެ ޔިޝާންގެ ޕެއާއާ އެވެ.
ރާއްޖޭގެ ދާއޫދު ޝަހީބު އާއި މުހައްމަދު ނޫހު ނާޒިހުގެ ޕެއާ އިން ފިރިހެން ޑަބަލްސްގައި ނުކުންނާނީ ސްވިޑްޒަލޭންޑްގެ ޗާލީ ބާޒިލް އަދި ތައިލޭންޑްގެ ދަންތައި ތަކޮންގެ ޕެއާއާ ދެކޮޅަށެވެ. ދާއޫދާއި ނޫހްގެ ޕެއާ އިން ސެމީ ފައިނަލްގެ ޖާގަ ހޯދީ ފްރާންސްގެ އަންސީނާ އާއި ތައިލެންޑްގެ ލަލާއިގެ ޕެއާ، 6-4، 6-4 އިން ބަލިކޮށްގެންނެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި، އޭޓީއެފްގެ ޖޫނިއާ ދެ މުބާރާތުގައި ވެސް ރާއްޖޭގެ ކުޅުންތެރިން ރަނގަޅު ކާމިޔާބެއް ހޯދި އެވެ. އެ ގޮތުން، އޭޓީއެފްގެ ޖޫނިއާ ދެ މުބާރާތުގެ ވެސް ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ގައުމީ ޓެނިސް ޓީމުގެ ތަރި، އާރާ އާސާލް އާޒިމް ތާރީހުން ޖާގަ ހޯދި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ