އަބްދުއްރަހުމާންގެ މަރު: ވިޝާމާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަށް ބަންދުގެ މުއްދަތު މިއަދު ޖަހައިފިއެވެ. ދިރިއުޅޭ ގޭގައި ނިދަން އޮއްވައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލީ މިދިޔަ ޖުލައި 13 ވަނަ ދުވަހެވެ. އެ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. https://sun.mv/210230 އެ މައްސަލައިގައި ހައްޔަރުކުރީ އެ ރަށުގެ ތިން ޒުވާނެކެވެ. އެއީ: މުހައްމަދު ވިޥާމް، ލިލީފެހި، އއ. މާޅޮސް (22އަހަރު) އަހުމަދު ފާރިސް، ފިނިވާގެ، އއ. މާޅޮސް (27އަހަރު) އަހުމަދު އާޝިދު، ފިޔަ، އއ. މާޅޮސް (27އަހަރު) ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވިޝާމާއި ފާރިސް، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުުރުުކުރި ކަމަށެވެ. އަދި އާޝިދުގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހައިފައިވާ ކަމަށެވެ. އަބްދުއްރަހްމާންގެ އާއިލާއިން 'ސަން' އަށް މައުލޫމާތުދެމުން ބުނީ، ހައްޔަރުކުރި ތިން މީހުން އެނގުނީ ނޫސްތަކުން ކަމަށާއި، އަދި ފުލުހުންގެ ފަރާތުން އެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އެހެންނަމަވެސް، އެ ތިން މީހުންނަކީ ވެސް އަބްދުއްރަހްމާނާއި މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި އެ ތިން މީހުންނަކީ ވެސް ރަށުން ފެންނައިރު ވެސް ވާހަކަދައްކާ އުޅޭ ބައެއް ކަމަށް އާއިލާއިން ބުންޏެވެ. އެ ރަށުން 'ސަން' އާ ވާހަކަދެއްކި އިތުރު މީހަކު ބުނި ގޮތުގައި އެ ތިން ޒުވާނުންނަކީ ވެސް ސަރުކާރު ވަޒީފާތަކުގައި އުޅޭ ޒިންމާދާރު ބައެކެވެ. އަދި، އޭގެ ތެރެއިން ވިސާމަކީ ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއްކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަދި، ފާރިސަކީ އެ ރަށު ސްޓެލްކޯގައި މަސައްކަތްކުރާ ޒުވާނެކެވެ. އާޝިދަކީ މާލޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާން މަރާލި ހާދިސާ ހިނގިއިރު އާޝިދު ހުރީ މާޅޮހުގައެވެ. އެކަމަކު، އޭނާ މިއަދު ހައްޔަރުކުރީ މާލެއިންނެވެ. އޭނާ ދިރިއުޅެނީ މާލޭގައެވެ. "އެއްކޮށް އުޅޭ ތިން މީހުން އެއީ. އެކަމަކު، އަނެއްހެން ކުށެއްކޮށް އެހެން އުޅޭ ބައެއް ނޫން އެއީ،" މާޅޮހުން ވާހަކަދެއްކި މީހަކު ބުންޏެވެ. އެ މީހާ ބުނި ގޮތުގައި ތިން ޒުވާނުން ހައްޔަރުކުރުމުން މީހުން ތިބީ ދެރަވެފައެވެ. ތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ވެށީގައި އުޅެފައިވާ ބައެއް ވެސް ނޫން ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. އެ ރަށު މީހުން ބުނާ ގޮތުންނަމަ އަބްދުއްރަހްމާނަކީ ސިހުރުގެ ތުހުމަތު ވެސް ކުރެވޭ މީހެކެވެ. އެކަމަކު، އާއިލާއިން އެ ތުހުމަތު ދޮގުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ