އަބްދުއްރަހުމާންގެ މަރުގެ މައްސަލަ: ވިސާމްއާ ފާރިސް ޝަރީއަތް ނިމެންދެން ބަންދު

ހުސްވި ޖުލައިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ޒަޚަމްކޮށްލުމުގެ ސަބަބުން މަރުވި، އެރަށު އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނީ މިއަދު އެވެ. ފުލުހުން މިރޭ ވަނީ އެ ތިން މީހުންގެ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ.
* މުހައްމަދު ވިސާމް (22އ) - އއ. މާޅޮސް / ލިލީފެހި
* އަހްމަދު ފާރިސް (27އ) - އއ. މާޅޮސް / ފިނިވާނެ
* އަހްމަދު އާޝިދު (27އ) - އއ. މާޅޮސް / ފިޔަ
ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވިސާމްއާ ފާރިސްގެ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. އާޝިދުގެ ބަންދަށް ދިނީ ފަސް ދުވަހެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހްގީގަށް ފުލުހުން ވަނީ އަބްދުއްރަހްމާނުގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން ޕޯޓްސްމޯޓަމް ހެދިއެވެ. ޕޯސްޓް މޯޓަމް ރިޕޯޓުގެ ނަތީޖާއިން ދައްކާފައިވަނީ އޭނާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޕޯސްޓްމޯޓަމް ހެދުމަށްފަހު ޢަބްދުއްރަހްމާނުގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައިމަހުގެ 24 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހަދަން އަބްދުއްރަޙްމާންގެ ހަށިގަނޑު ފޮނުވީ އިންޑިޔާގެ ތްރިވަނަންތަޕޫރަމް އަށެވެ. ޕޯސްޓް މޯޓަމް ހެދުމަށްފަހު ރާއްޖެގެނެސް އޭނާ ވަޅުލާފައިވަނީ މިދިޔަ ބްރާސްފަތިދުވަހުއެވެ. 
މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް ވަނީ ތަހުގީގު ކުރިއަށް ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ