49 ޓީމާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް ލީގު ފަށައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު 'އެޓޯލް އީސްޕޯޓްސް ލީގް' އުރީދޫއިން ފަށައިފިއެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް ލީގު ކަމަށްވާ 'އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025' ފެށީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އުރީދޫއިން ބުނި ގޮތުގައި 49 ޓީމު، މި މުބާރާތުގައި ބައިވެރިވިއެވެ. އަދި އެއީ 16 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ ޓީމުތަކެއް ކަމަށް އުރީދޫއިން ބުންޏެވެ. 49 ޓީމާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް ލީގު ފަށައިފި -- ފޮޓޯ/ އުރީދޫ މި މުބާރާތަކީ 50،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައަޅާފައިވާ މުބާރާތެކެވެ. ޕަބްޖީ މޮބައިލް ކުޅޭ މި މުބާރާތުގެ ހުރިހާ މެޗުތައްވެސް ކުޅެނީ އޮންލައިންކޮށެވެ. މި ލީގުގެ ޕްރައިޒް ޕޫލް ބަހާފައިވާ ގޮތަކީ: އެއްވަނަ: 25،000 ރުފިޔާ ދެވަނަ: 12،000 ރުފިޔާ ތިންވަނަ: 6،000 ރުފިޔާ ހަތަރު ވަނަ: 3،000 ރުފިޔާ މޯސްޓް ވެލިއުބަލް ޕްލެޔާ (އެމްވީޕީ): 4،000 ރުފިޔާ 49 ޓީމާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް ލީގު ފަށައިފި -- ފޮޓޯ/ އުރީދޫ މި ލީގުން ރަމްޒުކޮށްދެނީ ރާއްޖޭގެ ގޭމް ކުޅޭ ކުޅުންތެރިން ގައުމީ ފެންވަރުގައި ގުޅާލައި، ވާދަކޮށް، އެ މީހުންގެ ހުނަރު ދައްކާލެވޭނެކަން ކަމަށް އުރީދޫއިން ބުންޏެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ކުޅުންތެރިންނަށް ވެސް ބައިވެރިވެވޭހެން ރާވާފައިވާ މި ލީގަކީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އީސްޕޯޓްސް ކޮމިއުނިޓީ އެއްތަންކޮށް، ޒުވާނުންނަށް ކުރިއަށްދެވޭނެ އިތުރު މަގުތައް ހޯދައިދޭނެ ލީގެއް ކަމަށް އުރީދޫއިން ބުންޏެވެ. 49 ޓީމާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް ލީގު ފަށައިފި -- ފޮޓޯ/ އުރީދޫ މި ލީގުގައި ބައިވެރިވާ ޓީމުތައް: އއ އަތޮޅު: މާޅޮސް އެމްއެސްސީ، ތޮއްޑޫ އެޕެކްސް ލެޖެންޑްސް، އުކުޅަސް އެޗްއެންޓީއާރް އދ އަތޮޅު: އޮމަދޫ ޑާކް ކޭމްޕަރ، އޮމަދޫ އައިސް، އޮމަދޫ ސްނޭކް ބ. އަތޮޅު: ގޮއިދޫ ގަބުޅި، ގޮއިދޫ ކުރޯޅި، ކުޑަރިކިލު ސީއެންޑީ އެޕެކްސް، ކުޑަރިކިލު ކަމިކާޒޭ، ޓީމް ކުޑަރިކިލު، ތުޅާދޫ އެފް12 ދ. އަތޮޅު: ބަނޑިދޫ ޑީއެމްޓީ، ހުޅުދެލި ބީއެލްކޭ، ހުޅުދެލި އީކިއުޒެޑް ފ އަތޮޅު: ފީއަލީ އޭޑީވީވައި، ފީއަލިއަންސް، ޓީމް ބިލެއްދޫ ޏ/ގއ އަތޮޅު: އައްޑޫ ސިޓީ އެސްއޯއެލް، އެފްވީއެމް ސިޓީ އޭކޭޒެޑް، އެފްވީއެމް ސިޓީ އަންޓެއިކޫ، އެފްވީއެމް ސިޓީ ޓީއާރްއެފް ޓައިޓަންސް، ގެމަނަ ލީޖިއަންސް ހއ އެޓޯލް: ދިއްދޫ އެލްއެފް، މާރަންދޫ، މުރައިދޫ ޓީއެމް4، ޓީމް އުލިގަމް ހދ. އަތޮޅު: ނޭކުރެންދޫ، ޓީމު ހިރި ކ. އަތޮޅު: އެޗްއެލްއެމްއެލް ނެޗުރަލީ ލީތަލް، ހުރާ ފެނެޓިކް، މާލެ މޮރިގަން، ތުލުސްދޫ ފެލްކަންސް ލ. އަތޮޅު: ފޮނަދޫ ޑީއެމްޒެޑް، އިސްދޫ ސީއެލްއެކްސް ޅ އަތޮޅު: ހިންނަވަރު ސީއެންޑީ، ނައިފަރު ބެސާކް، ނައިފަރު ޔޫރަޕް، ޓީމް ނައިފަރު ރ އަތޮޅު: މާކުރަތު އެކްސްއެންޓީއާރްއެކްސް، މަޑުއްވަރީ ކެޒް ކްރޫ، މަޑުއްވަރީ އެކްސްއެލްއެން 49 ޓީމާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް ލީގު ފަށައިފި -- ފޮޓޯ/ އުރީދޫ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025ގެ އެންމެ ފަހުގެ ޚަބަރުތަކާއި، މެޗު ޝެޑިއުލްތަކާއި ހައިލައިޓްސްތަކާއެކު އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާއިން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ހަމައެއާއެކު ހުރިހާ މެޗެއް ވެސް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް ރިއަލް ޓައިމްގައި ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ