ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް ލީގު ކަމަށްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 20ގައި ފެށި މުބާރާތުގައި ޖުމްލަ 49 ޓީމް ބައިވެރިވާއިރު، މިއީ 16 އަތޮޅެއްގެ 35 ރަށަށް ނިސްބަތްވާ ޓީމުތަކެވެ.
ތަފްސީލް - މި ލީގުގައި ކުޅޭނީ ޕަބްޖީ މޮބައިލެވެ. ހުރިހާ މެޗުތައް ވެސް ކުޅޭނީ އޮންލައިންކޮށެވެ
ޖުމްލަ 50،000ރ.ގެ ޕްރައިޒް ޕޫލެއް ކަނޑައަޅާފައިވާއިރު، އެ ޕޫލް ބަހާފައިވަނީ:
1 ވަނަ: 25،000ރ.
2 ވަނަ: 12،000ރ.
3 ވަނަ: 6،000ރ.
4 ވަނަ: 3،000ރ.
އެމްވީޕީ: 4،000ރ.
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކުން ފާހަގަކޮށްލެވޭ ލައިންއަޕެއް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
އއ އަތޮޅު: މާޅޮސް އެމްއެސްސީ، ތޮއްޑޫ އެޕެކްސް ލެޖެންޑްސް، އުކުޅަސް އެޗްއެންޓީއާރް
އދ. އަތޮޅު: އޮމަދޫ ޑާކް ކޭމްޕާ، އޮމަދޫ އައިސް، އޮމަދޫ ސްނޭކް
ބ. އަތޮޅު: ގޮއިދޫ ގަބުޅި، ގޮއިދޫ ކުރޯޅި، ކުޑަރިކިލު ސީއެންޑީ އެޕެކްސް، ކުޑަރިކިލު ކަމިކާޒޭ، ޓީމް ކުޑަރިކިލު، ތުޅާދޫ އެފް12
ދ. އެތޮޅު: ބަނޑިދޫ ޑީއެމްޓީ، ހުޅުދެލި ބީއެލްކޭ، ހުޅުދެލި އީކިއުޒެޑް
ދ. އަދި ފ އަތޮޅު: ފީއަލީ އޭޑީވީވައި، ފީއަލިއަންސް، ޓީމް ބިލެއްދޫ
ފުވައްމުލައް އަދި ގއ އަތޮޅު: އައްޑޫ ސިޓީ އެސްއޯއެލް، އެފްވީއެމް ސިޓީ އޭކޭޒެޑް، އެފްވީއެމް ސިޓީ އަންޓެއިކޫ، އެފްވީއެމް ސިޓީ ޓީއާރްއެފް ޓައިޓަންސް، ގެމަނަ ލީޖިއަންސް
ހއ. އަތޮޅު: ދިއްދޫ އެލްއެފް، މާރަންދޫ، މުރައިދޫ ޓީއެމް4، ޓީމް އުލިގަމް
ހދ. އަތޮޅު: ނޭކުރެންދޫ، ޓީމު ހިރި
ކ. އަތޮޅު: އެޗްއެލްއެމްއެލް ނެޗުރަލީ ލީތަލް، ހުރާ ފެނެޓިކް، މާލެ މޮރިގަން، ތުލުސްދޫ ފެލްކަންސް
ލ. އަތޮޅު: ފޮނަދޫ ޑީއެމްޒެޑް، އިސްދޫ ސީއެލްއެކްސް
ޅ. އަތޮޅު: ހިންނަވަރު ސީއެންޑީ، ނައިފަރު ބެސާކް، ނައިފަރު ޔޫރަޕް، ޓީމް ނައިފަރު
ރ އަތޮޅު: މާކުރަތު އެކްސްއެންޓީއާރްއެކްސް، މަޑުއްވަރީ ކެޒް ކްރޫ، މަޑުއްވަރީ އެކްސްއެލްއެން
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުގެ އެންމެ ފަހުގެ ހަބަރުތަކާއި މެޗު ޝެޑިއުލްތަކާއި ހައިލައިޓްސްތަކާ އެކު އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާއިން ފެންނާނެ އެވެ.
ހުރިހާ މެޗެއް ވެސް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް ރިއަލް ޓައިމްގައި ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އީސްޕޯޓްސް ލީގު އުރީދޫ ނޭޝަނުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ