ގެއިން ނުކުތްފަހުން ޚަބަރެއް ނުވެގެން މާލެއިން ޒުވާނަކު ހޯދަނީ
އުމުރުން 30 އަހަރުގެ ޒުވާނަކު މާލެއިން ގެއްލިގެން, ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެއީ މާލޭ ގ. ގާނެޓް، އުމުރުން 30 އަހަރުގެ ހަސަން ޔާމީނެވެ. ފުލުހުން ބުނީ މިދިޔަ ހުކުރުދުވަހުގެ ރޭ 21:25 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ނިކުތްފަހުން ޚަބަރެއް ނުވާ ކަމަށެވެ. އެއާއެކު މިދިޔަ ހޯމަ ދުވަހުގެރޭ 20:30ހާއިރު، އޭނާގެ އާއިލާއިން އެކަން ފުލުހަށް އެންގިއެވެ. ފުލުހުން ބުނީ ޔާމީން ގެއްލިގެން ރިޕޯޓުކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ޔާމީނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް، ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053އަށް ގުޅައި، މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ. މީހުން ގެއްލިގެން ރިޕޯޓުކުރާ މައްސަލަތައް ދޭތެރެއަކުން ރާއްޖޭގައި އިތުރުވެއެވެ. އާންމުކޮށް އެ ގޮތަށް ގެއްލިގެން ހޯދާ މީހުން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ