ތައިލެންޑު މުބާރާތުގައި ރާއްޖޭގެ ޕަވާލިފްޓިން ޓީމު ވާދަކުރަނީ ތައިލެންޑު މުބާރާތުގައި ރާއްޖޭގެ ޕަވާލިފްޓިން ޓީމު ވާދަކުރަނީ

ތައިލެންޑުގައި އަންނަ މަހު ކުރިއަށްދާ ތައިލެންޑް އެމޭޗާ އެސޯސިއޭޝަން އޮފް ޕަވާލިފްޓިން (ޓާޕް) ކޮލިފަޔާ ދޭއްގައި ރާއްޖޭގެ ހަ އެތުލީޓަކު ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޕަވާލިފްޓިން ރާއްޖޭން މައުލޫމާތު ދީފި އެވެ.
ޓާޕް ކޮލިފަޔާ ދޭއް އަކީ، އިންޓަނޭޝަނަލް ޕަވާލިފްޓިން ފެޑެރޭޝަން (އައިޕީއެފް) އިން ރުހުންދީފައިވާ މުބާރާތެެކެވެ. މި މުބާރާތުގެ ތާރީހަށް ބަލާއިރު، ފާއިތުވި އަހަރުތަކުގައި ރާއްޖޭން ޖުމްލަ އެކު، 12 އެތުލީޓުން ވަނީ ވާދަކޮށް، ރާއްޖެ އަށް ފަހުރުވެރި ވަނަތަކެއް ވެސް ހޯދައިދީފަ އެވެ.
އެ ގޮތުން، ތައިލެންޑްގެ އިތުރުން، ރާއްޖޭގެ ޕަވާލިފްޓިން އެތުލީޓުން ވަނީ މެލޭޝިއާގައި ކުރިއަށްދިޔަ މުބާރާތްތަކުގައި ވެސް ރަނގަޅު ވާދައެއްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
މި އަހަރުގެ މުބާރާތަށް އަލިއަޅުވާލާއިރު، ރާއްޖޭގެ ތިން އެތުލީޓަކު، އައިޕީއެފް .ލެވަލްގެ މުބާރާތަކަށް އެނބުރި އަންނާނެ އެވެ. އެ ތިން އެތުލީޓުންނަކީ، އިމްކާން އިބްރާހިމް، އާދަމް މިބްސާމް ސަލީމް އަދި އައިޝަތު ޝީނީޒް އެވެ. މިބްސާމް އާއި ޝީނީޒް އަކީ، އައިޕީއެފް އިން ބަލައިގަނެފައިވާ ގައުމީ ރެކޯޑް ހޯލްޑަރުންނެެވެ.
މުޅިން އަލަށް ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެތުލީޓުންނަކީ، އިބްރާހިމް ތޯއިފް އަހުމަދު، ދީނާ އަބޫބަކުރު އަދި މަރިޔަމް އަފްޒާ ހަސަން އެވެ.
ޕަވާލިފްޓިން ރާއްޖޭގެ އުންމީދަކީ، އަންނަ މަހު 23 ވަނަ ދުވަހު ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެ އަށް ފަހުރުވެރި އިތުރު ވަނަތަކެއް ހޯދުން ކަމަށް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ