އަބްދުއްރަހުމާނުގެ ޕޯސްޓުމޯޓަމް ހަދަން ހަށިގަނޑު ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލަނީ

ރަހުމު ކުޑަ އަނިޔާތަކެއްދީ އއ. މާޅޮހުގައި މިދިޔަ އާދީއްތަ ދުވަހު މަރާލާފައިވާ އޮއްވާ ފެނުނު އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އަބްދުއްރަހުމާނު މަރުވީ އޭނާ އަށް ލިބުނު ޒަހަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ދިނީ ގޭގައި ނިދާފައި އޮއްވަ އެވެ.
ތަފްސީލް - ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވަން، ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު ފުލުހުން ބުނެފައިވާ ގޮތުގައި ޕޯސްޓުމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމީ:
 މަރުގެ ސީދާ ސަބަބުން ދެނެގަތުމަށް
ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް
އިތުރު ތަހުލީލުތައް ހެދުމަށް
ފާހަގަ ކުރެވޭ - އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުގައި:
ހަމަލާދިން އިރު ގޭގައި އުޅެނީ އުމުރުން ދުވަސްވީ ދެމަފިރިން އެކަނި 
ރޭ ދެމީހުން ނިދާފައި އޮތީ ވެސް ދެ ކޮޓަރިއެއްގައި
ފިރިހެން މީހާއަށް ހަމަލާދީފައި އޮތީ އޭނާ  އަރިއަކަށް އޮއްވައި 
ސިއްހީ މަރުކަޒަށް ގެންދިޔައީ، އަނބިމީހާ އާއި އިތުރު ބަޔަކު ވެގެން
ފިރިހެން މީހާއަކީ ސިހުރު ހަދާ ކަމަށް ރަށުތެރޭގައި އަޑުފެތުރިފައިވާ މީހެއް
އެނގިފައިވާ ގޮތުގައި އެ މީހުންގެ ތިން ދަރިން ތިބޭއިރު، ދިރިއުޅެނީ ރަށުން ބޭރުގަ އެވެ.
މި މައްސަލައިގައި ތަހުގީގަށް، އެ ރަށަށް އަރާ ފައިބާ މީހުން މިހާރު ފުލުހުން ދަނީ މޮނީޓާ ކުރަމުންނެވެ. މާޅޮހުގެ ބައެއް ތަންތަން ބަލައިފާސްކޮށް މީހުންނާ ފުލުހުން ސުވާލުކުރަމުންދާއިރު، ގާތިލުގެ ތުހުމަތުގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ