ހުޅުމާލޭ ދެވަނަ ފޭސްގައި ހުންނަ ވިނަރެސް ޓަވަރަކުން މީހަކު ވެއްޓި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ވީކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި އެމީހާ ވެއްޓުނީ ވިނަރެސްގެ ޓަވަރު 8 އިންނެވެ.
ތަފްސީލް - ސޯޝަލް މީޑިއާއިން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ވެއްޓުނީ ފިރިހެނެއްކަން އެނގެ އެވެ. ފުލުހުން ބުނީ ވެއްޓުނު މީހާއަށް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ.
އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލާއި ވެއްޓުނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ.
ވިނަރެސް ޓަވަރަކުން ވެއްޓުނު މީހަކަށް ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ