80،000 ރުފިޔާގެ އިނާމާއެކު އުރީދޫ މަސްރޭސް ހުރާ އާއި ފުނަދޫގައި، ރެޖީސްޓްރީވާން ހުޅުވާލައިފި
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2025 މި އަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަން އިއުލާނުކޮށްފިއެވެ. މިއަހަރުގެ މަސް ރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ކ. ހުރާ : 22 އޮގަސްޓް 2025 ށ. ފުނަދޫ : 29 އޮގަސްޓް 2025 މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން 30 ޖުލައިގެ 23:59ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ރެޖިސްޓާ ކުރުމަށް ޓަކައި، 12 މީހުން ހިމެނޭ ޓީމެއް (ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން) ހެދުމަށްފަހު އޮންލައިކޮށް ފޯމް ފުރަންޖެހޭނެއެވެ. ކޮންމެ މަސް ރޭހެއްގައި ވެސް މުޅިއަކު 80,000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނޭ ކަމަށް އުރީދޫއިން ބުންޏެވެ. މީގެ ތެރޭގައި: ޗެމްޕިއަން ޓީމް: 25،000 ރުފިޔާ ދެވަނަ ޓީމް: 10،000 ރުފިޔާ ތިންވަނަ ޓީމް: 5،000 ރުފިޔާ އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. އުރީދޫ މަސްރޭސް 2025 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. ސޯޅަ ޓީމަށްވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އުރީދޫ މަސްރޭސް 2025 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ