މޯލްޑިވްސް ކަރެކްޝަންސްގެ މުވައްޒަފުންގެ އިތުރު ހަރަކާތްތައް ހިންގާ ޕްރިޒަންސް ކްލަބުގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އަމާޒުވެފައިވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފު މަގާމުން ވަކިކޮށްފި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަދަދު އަށް ވިދާޅުވީ އާސިފް މަގާމުން ވަކިކުރީ ކަރެކްޝަންސް އިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު ކަމަށެވެ.
ނަމަވެސް އޭނާ ވަކިކުރި ސަބަބެއް އަދި އިތުރު ތަފްސީލެއް ޔުސްރީން ނުދެއްވަ އެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތީ ޕްރިޒަންސް ކްލަބުގެ ބަޖެޓުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެކެވެ. އޭނާގެ މައްޗަށް އެ ތުހުމަތުތައް ކުރެވުނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
އާސިފްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު 8، ގައި އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރީ އަށް މަސް ފަހުންނެވެ.
އާސިފްގެ މައްސަލަ ފެންމަތިވުމާއެކު، އޭނާގެ މައްޗަށް ހިންގާ ތަހުގީގު އަވަސް ކުރުމަށް އެދި ކަރެކްޝަންސްގެ 35 އޮފިޝަލަކު ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ވެސް އޭރު ހުށަހަޅާފަ އެވެ.
ކަރެކްޝަންސްގެ ކްލަބް ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އަމާޒުވި އޭސީޕީ އާސިފް ވަކިކޮށްފި ކަރެކްޝަންސްގެ ކްލަބް ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އަމާޒުވި އޭސީޕީ އާސިފް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ