މާލެ އާއި ބުރިޖުގައި ނުރައްކާތެރިކޮށް ދުއްވައިގެން މިދިޔަ 10 މަސް ތެރޭ 5،000 ފަހަރު ފިޔަވަޅު އެޅިކަން، ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ 11 ސެޕްޓެމްބަރުން ފެށިގެން 8 ޖުލައިއާ ހަމައަށް ހުރި ފުލުހުންގެ މި ތަފާސްހިސާބު މި އާންމުކުރީ، މިދިޔަ އާދިއްތަދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަަހަރުގެ ކުއްޖަކު މަރުވެފައިވަނިކޮށެވެ.
ތަފްސީލް - ފުލުހުން އާންމުކުރީ މާލެ އާއި ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވުމުގެ މައްސަލަތަކާ ގުޅުން ހުރި އަދަދުތަކެވެ. އެ ގޮތުން:
ނުރައްކާތެރިކޮށް ދުއްވައިގެން ފިޔަވަޅު އެޅި އަދަދަކީ 5،406
ސައިކަލު ދުއްވައިގެން 4،566 އަދި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވައިގެން 840
ނުރައްކާތެރިކޮށް ދުއްވައިގެން ނަސޭހަތް ދިން އަދަދަކީ 30،329
ސައިކަލު ދުއްވައިގެން 27،291 އަދި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވައިގެން 3،038
ނުރައްކާތެރިކޮށް ދުއްވައިގެން މަގުމަތިން ހުއްޓުވި އަދަދަކީ 158
ސައިކަލު ދުއްވަނިކޮށް 154 އަދި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވަނިކޮށް ހަތަރެއް
ޓްރެފިކް ވައިލޭޝަންއާ ގުޅިގެން ޓޯކުރި އުޅަނދުގެ އަދަދަކީ 2،088
1،821 ސައިކަލު އަދި 267 ހަތަރު ފުރޮޅުލީ އުޅަނދު
ޕާކިން ވައިލޭޝަނާ ގުޅިގެން ޓޯކުރި އުޅަނދުތަކުގެ އަދަދަކީ 5،721
3،822 ސައިކަލު އަދި 1،899 ހަތަރު ފުރޮޅުލީ އުޅަނދު
އެއްގޮތަކަށް ވެސް ލައިސެންސް ނެތި ދުއްވި މައްސަލައިގެ އަދަދަކީ 11،42
އެއީ 1،062 ސައިކަލު އަދި 80 ހަތަރު ފުރޮޅުލީ އުޅަނދު
ފާހަގަކޮށްލެވޭ ކަމެއް - ނުރައްކާތެރިކޮށް ދުއްވުމުން ލިބޭނެ ގެއްލުމުގެ އިންޒާރު ދީ، ހޭލުންތެރިކުރުމުގެ ގޮތުން އިއްޔެއިން ފެށިގެން ހުޅުމާލެ އަވައްޓެރި ފުލުހުން އަންނަނީ އެފަދަ މެސެޖުތައް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން އެކި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މާލެ އާއި ބުރިޖުގައި ނުރައްކާތެރިކޮށް ދުއްވައިގެން މިދިޔަ 10 މަސް ތެރޭ 5،000 ފަހަރު ފިޔަވަޅު އެޅި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ