ވަރުން އާއި ޖާންވީގެ ފިލްމު ރިލީޒްކުރުން ފަސްކޮށްފި
ފިލްމީ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ޖާންވީ ކަޕޫރު އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ރިލީޒްކުރުން ފަސްކޮށްފިއެވެ. މި ފިލްމުގެ ފަސްޓް ލުކް ދައްކާލިއިރު ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚެއްގެ ގޮތުގައި މީގެކުރިން ބުނެފައި ވަނީ މި އަހަރުގެ އޭޕްރިލް މަހެވެ. އޭގެފަހުން މި އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ފިލްމު ސިނަމާތަކަށް ގެންނަން ނިންމިއެވެ. ނަމަވެސް ފިލްމުގެ އާ ޕޯސްޓަރުތަކެއް ދައްކާލައިރު ބެލުންތެރިންނަށް މި ފިލްމު ގެނެސްދޭނެ ތާރީޚެއްގެ ގޮތުގައި ބުނެފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހެވެ. ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ކާސްޓުންނާ އެކު ޖާންވީ އާއި ވަރުން--ފޮޓޯ/ބޮލީވުޑްހަންގާމާ މީގެ ކުރިންވެސް ވަރުން އަދި ޖާންވީއާއެކު މަސައްކަތްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ޝަޝާންކް ކައިތާން ލިޔެ ތައްޔާރުކޮށްފައިވާ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ޑައިރެކްޓަރަކީ ވެސް ޚުދު ޝަޝާންކްއެވެ. ޖާންވީ އާއި ވަރުންގެ އިތުރުން މި ފިލްމުގެ ކާސްޓުންގެތެރޭ ސާނިއާ މަލްހޯތުރާ، ރޯހިތު ސަރަފު އަދި މަނީޝް ޕޯލްގެ އިތުރުން އަކްޝޭ އޮބޮރޯއި ހިމެނެއެވެ. ޝަޝާންކް އަކީ ބަތަލާ ޖާންވީ ކަޕޫރު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ފިލްމު "ދަޅަކް"ގެ ވެސް ޑައިރެކްޓަރެވެ. ޖާންވީ އާއި ވަރުންގެ މި ފިލްމު ރިލީޒްކުރާ ތާރީޚުގައި އެކްޓަރު ހަރްޝްވަރުދަން ރާނޭގެ ފިލްމު "އޭކް ދީވާނިއްޔަތު" އަދި ޒުވާން އެކްޓަރު އަގަސްތިޔަ ނަންދާގެ ފިލްމު "އިއްކީސް" ރިލީޒްކުރާ ގޮތަށް އޮތްއިރު ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ސައުތު ސިނަމާގެ ފިލްމު "ކަންތާރާ: އަ ލެޖެންޑް ޗެޕްޓާ 1" ވެސް މި ތާރީޚުގައި ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ