މިފްކޯއިން ރޯ މަސް ގަންނަން އިނގިރޭސިވިލާތުގެ ޕްރިންސަސް ގްރޫޕްއާ އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ)ގައި އިއްޔެ ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު އާއި ޕްރިންސަސް ގްރޫޕްގެ ޗީފް ޕާސޭޗިން އޮފިސަރު ނީލް ބޮހޮނަން އެވެ.
ތަފްސީލް - މިފްކޯއިން ބުނީ އެ އެއްބަސްވުމުގައި ދިގު މުއްދަތަކަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގުން ހިމެނޭ ކަމަށެވެ. އެ ގޮތުން:
ފިނިކޮށް ގަނޑުކޮށްފައިވާ ރޯ މަސް ގަތުމަށް އެއްބަސްވި
ފެލިވަރުގައި ބަންދުކުރާ ދަޅު މަހުގެ ބާވަތްތައް ގަންނަން ވެސް އެއްބަސްވި
އެ އެއްބަސްވުމުގެ ދަށުން މަސް ގަތުމުގެ މިންގަނޑުތައް ހަރުދަނާކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރަން މަސައްކަތްކުރާނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
އިނގިރޭސިވިލާތަކީ މިހާރު ވެސް ރާއްޖޭގެ މަސް ދަޅު އެންމެ ގިނައިން ބޭރުކުރާ އެއް ގައުމެވެ.
މިފްކޯގެ މަސް ގަންނަން އިނގިރޭސި ކުންފުންޏަކާ އެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ