އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް, މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަކިކޮށްފި އެވެ.
އާސިފް ކަރެެކްޝަނުން ވަކިކުރީ މަގާމުން މަސްއޫލިއްޔަތުން ދުރުކޮށް އެ އިދާރާގެ އެއްވެސް އޮފީހަކަށް ވަނުން މަނާކޮށް ވަޒީފައިން ސަސްޕެންޑް ކޮށް އަށް މަސް ދުވަހު ބެހެއްޓުމަށް ފަހު އެވެ.
އެ ފިޔަވަޅު އެޅީ އޭނާ އިސްކޮށް ހުންނަވާ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ފެންމަތިވުމުންނެވެ. ސަސްޕެންޝަންގައި ހުރި ނަމަވެސް މުސާރަ ދިނެވެ.
ކަރެކްޝަނުން މިރޭ ބުނީ އާސިފް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
އަށް މަހުގެ ސަސްޕެންޝަނަކަށް ފަހު އާސިފް ކަރެކްޝަނުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ