ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ޓްރައިއައުޓްސްތަކެއް ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން އިއުލާނުކޮށްފި އެެވެ.
އަންނަ ސެޕްޓެމްބަރު 18 އިން 22 އަށް ކުޅުދުއްފުށީގައި ކުރިއަށްގެންދާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތާ ދިމާކޮށް، ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ސްކޮޑު އެކުލަވާލުމުގެ މަސައްކަތް ކުރުމުގެ ގޮތުން، ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ސިލެކްޝަނެއް ހެދުމުގެ ވިސްނުމުގައި، މި މަހު، 16، 17 އަދި 18 ވަނަ ދުވަހު ޓްރައިއައުޓްސް ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ.
މި ތިން ދުވަހު ހަވީރު، 16:00 އިން 18:00 އަށް ހުޅުމާލޭގެ ބީޗްހޭންޑްބޯޅަ ކޯޓުގައި ޓްރައިއައުޓްސް ހުޅުވާލައިގެން ކުރިއަށްގެންދާނެ އެވެ.
މި އަހަރު ފެބްރުއަރީ މަހު ބާއްވަން ގަސްދުކުރި ކޮމަންވެލްތު ބީޗްގޭމްސް ނުބޭއްވި ޖެހުނީ ފަސްކުރާށެވެ. އެ މުބާރާތާ ދިމާކޮށް މިދިޔަ އަހަރު ފަހުކޮޅުގައި، ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ހަރަކާތްތައް ކުރިއަށްގެންދިޔައީ ހދ. ކުޅުދުއްފުށީގަ އެވެ. ހޭންޑްބޯލް މޯލްޑިވްސް އިން ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ސިލެކްޝަން ކުރިއަށްގެންދިޔައީ ޑިސެމްބަރު 15 އިން 26 އަށް ކުޅުދުއްފުށީގަ އެވެ. އެ ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމުން، ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ކުޅުންތެރިންތަކެއް ވަނީ ވަކި ސަރަހައްދެއްގައި އެ ގޮތަށް ބޭއްވުމުން ފުރުސަތު ހަނިވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ހޭންޑްބޯލް މޯލްޑިވްސް އިން އޭރު ނިންމީ ކުޅުދުއްފުށީގައި ބީޗްހޭންޑްބޯޅަ އަށް ކޮށްފައިވާ މަސައްކަތްތަކަށް ބަަލައި، އެ ރަށުގައި ކުރިއަށްގެންދިއުމަށެވެ.
އަދި، އޭގެ ފަހުން، ކުޅުދުއްފުށްޓަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭހެން، ގައުމީ ބީޗްހޭންޑްބޯޅަ ޓީމު ވަނީ މީގެ ދެ މަސް ކުރިން އޮމާންގެ މަސްކަޓުގައި ކުޅުނު އޭޝިއާގެ މުބާރާތުގައި ވާދަކޮށްފަ އެވެ. އޭޝިއާގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިއިރު، ރާއްޖޭން ވަނީ ރޭންކިން މެޗުގައި، ހޮންގް ކޮން އަތުން މޮޅުވެފަ އެވެ.
ފާއިތުވި މަސްތަކުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުންނަ ބީޗްހޭންޑްބޯޅަ ކޯޓުގައި ވަނީ، ގިނަ އަދަދެއްގެ މުބާރާތްތައް ކުރިއަށްގެންގޮސްފަ އެވެ.
ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ޓްރައިއައުޓްސްތަކެއް ހުޅުމާލޭގައި ބާއްވަނީ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ޓްރައިއައުޓްސްތަކެއް ހުޅުމާލޭގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ