ގައުމީ ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕަށް އާންމުކޮށް ހުޅުވާލައިފި
ނެޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް- 2025، މުބާރާތް އާންމުކޮށް ހުރިހާ އެންމެންނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވާލައިފިއެވެ. މިއީ ޝޫޓިން އެސޯސިއޭޝަނުން މިގޮތަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ދެވަނަ މުބާރާތެވެ. ނެޝަނަލް ޝޫޓިން ސްޕޯޓްސް 2025އަކީ ދިވެހިރާއްޖޭގައި ޝޫޓިންގ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާން އެތްލީޓުން ތަމްރީނުކޮށް ކުރިއެރުވުމަށް ބާއްވާ ޤައުމީ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ 10ގައި ސޯޝަލް ސެންޓަރު ހަރުގޭގައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:- 1. ޕްރޮފެޝަނަލް ކެޓަގަރީ - މި ކެޓަގަރީ ހުޅުވާލާފައިވަނީ ގައުމީ ޓީމުގައި ހިމެނޭ ޝޫޓަރުންނާއި، ކުރިން ގައުމީ ޓީމުގައި ހިމެނި ރާއްޖޭން ބޭރު މުބާރާތްތަކުގައި ބައިވެރިވެފައިވާ ޝޫޓަރުންގެ އިތުރުން، މި ކެޓަގަރީގައި ޖެހުމަށް ބޭނުންވާ ހުރިހާ ޢުމުރުފުރާއަކަށް 2. އޯޕަން ކެޓަގަރީ - 12 އަހަރުންމަތީ ހުރިހާ ޢުމުރުފުރާއަކަށް (އާންމުކޮށް ހުޅުވާލެވިފައި) 3. ޖޫނިއާ ކެޓަގަރީ - 16 އަހަރުފުރި، ޑިސެމްބަރުގެ ނިޔަލަށް 21 އަހަރުނުފުރޭ 4. ޔޫތު ކެޓަގަރީ - 12 އަހަރު ފުރި، ޑިސެމްބަރުގެ ނިޔަލަށް 16 އަހަރު ނުފުރޭ އެންމެފަހުން ބޭއްވި ޝޫޓިން މުބާރާތުގެ ތެރެއިން މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ އަންނަ މަހު ފަސް ވަނަ ދުވަހުގެ 23:59 ގެ ކުރިން ކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މުބާރާތް ފެއްޓުމުގެ ކުރިން މުބާރާތުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ފަރިތަކުރުމުގެ އިންތިޒާމާއި ކޯޗުންގެ ޚިދުމަތް ހަމަޖެހިގެންދާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މުބާރާތުގެ ފަރިތަކުރުންތައް ކުރިއަށްދާނެ ގޮތާއި، ރޭންޖް ބުކިން ހައްދާނެ ގޮތުގެ ތަފުސީލް މުބާރާތުގެ ގަވައިދުގައި ހިމަނާފައިވެއެވެ. ވޭތުވެދިޔަ އަހަރު އެސޯސިއޭޝަނުން ބޭއްވި ނޭޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް އަކީ އާންމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބުނު މުބާރާތެކެވެ. އެގޮތުން އެ މުބާރާތުގައި ބައިވެރިވުމަށް 400 އަށްވުރެ ގިނަ ބައިވެރިންވަނީ ކުރިމަތިލާފައެވެ. ނަމަވެސް ޖާގައިގެ ދަތިކަމުން ފުރުޞަތު ދީފައިވަނީ 370 މީހުންނަށެވެ. މިފަހަރުގެ މުބާރާތަކީވެސް ޢާންމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބޭނެ މުބާރާތެއްގެ ގޮތުގައި އެސޯސިއޭޝަނުން ދެކެއެވެ. މި މުބާރާތާ ބެހޭ އިތުރު މައުލޫމާތާއި މުބާރާތުގެ ގަވާއިދު: https://drive.google.com/file/d/1opdL7EcidIfCt6HBmkCJHqWat3uCcMLE/view މި މުބާރަތަށް ގޫގުލް ފޯމެއް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެ ފޯމްގެ ލިންކަކީ: https://shorturl.at/aGT0e
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ