ސިޔާމް ވޯލްޑާއި ސޮނޭވާ ޖާނީ އެއްވަރުވިއިރު ވެލާއަށް ބޮޑު މޮޅެއް
ޓެކާސް ނޫނު ޒޯނުގެ ހުޅުވި މެޗުގައި ސިޔާމް ވޯލްޑާއި ސޮނޭވާ ޖާނީ ކުޅުނު މެޗު އެއްވަރުވިއިރު، ސަން ސިޔާމް އިރުފުށި އަތުން ވެލާ ޕްރައިވެޓް އައިލެންޑް ބޮޑު މޮޅެއް ހޯދައިފިއެވެ. ސިޔާމް ވޯލްޑުގައި ޖުލައި 16- 24 ގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި ކުރިއަށްދަނީ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި ސޮނޭވާ ޖާނީގެ އިތުރުން ކުރެދިވަރެވެ. ގްރޫޕް ބީގައި ހިމެނެނީ ސަން ސިޔާމް އިރުފުއްޓާއި ވެލާ ޕްރައިވެޓް އައިލެންޑުގެ އިތުރުން ނޮކޫ މޯލްޑިވްސްއެވެ. ގްރޫޕް އޭގައި ސިޔާމް ވޯލްޑާއި ސޮނޭވާ ޖާނީ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގައި ސިޔާމް ވޯލްޑުގެ ލަނޑުތައް ޖެހީ އާދީ އަބްދުލްޢަނީއާއި އަލީ ޒުބައިރެވެ. ސޮނޭވާ ޖާނީގެ ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުސެއިން ޝައްފާހެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމުދެނީ-- ފޮޓޯ: ޓެކާސް ދެވަނަ މެޗު ވެލާ ޕްރައިވެޓް އައިލެންޑް ކާމިޔާބުކުރީ 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަޙްމަދު އިމްރާން މި މެޗުގައި ހެޓްރިކެއް ހެދިއިރު، އަޙްމަދު އިމްތިނާހު ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި، އިބްރާހީމް ނަޖާހު ވަނީ ލަނޑެއް ޖަހާފައެވެ. މުބާރާތުގައި މިއަދު ހަވީރު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ވެލާ ޕްރައިވެޓް އައިލެންޑާއި ނޮކޫ މޯލްޑިވްސް ވާދަކުރާއިރު، ދެވަނަ މެޗުގައި ސޮނޭވާ ޖާނީއާއި ކުރެދިވަރު ބައްދަލުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ