މެންޗެސްޓާ (ޖުލައި 16) - މެންޗެސްޓާ ސިޓީން ޕޫމާއާ އެކު، 10 އަހަރަށް ދިގުދެމިގެންދާ ގޮތަށް، އެއް ބިލިއަން ޑޮލަރުގެ އަގުހުރި ކިޓް ޑީލެއް ހަދާފައިވާ ކަމަށް އިއުލާނުކޮށްފި އެވެ.
ސިޓީން އެންމެ ފުރަތަމަ ޕޫމާއާ އެކު ސޮއިކުރީ 2019 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޑީލްގެ އަގު އުޅެނީ ސީޒަނެއްގެ މައްޗަށް ބަލާނަަމަ، 80 މިލިއަން ޑޮލަރުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ސިޓީން މިހާރު ވަނީ އެ އެއްބަސްވުން، 2035 ވަނަ އަހަރުގެ ނިޔަލަށް އާ ކޮށްފަ އެވެ.
އަދި، އެ އެއްބަސްވުމުގައިވާ ގޮތުން، ސީޒަނެއްގެ މައްޗަށް ސިޓީ އަށް 100 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ލިބޭނެ އެވެ. އެހެންކަމުން، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ސިޓީގެ އާމްދަނީ މި ކިޓް ޑީލުން އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ އެވެ.
މީގެ ކުރިން އެންމެ އަގުބޮޑު ކިޓް ޑީލެއް ހަދާފައިވަނީ، 2023 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން އެޑިޑާސްއާ އެކުގަ އެވެ. އެއީ، ސީޒަނަކު، 100 މިލިއަން ޑޮލަރު ލިބޭ ޑީލެއްގަ އެވެ. ޔުނައިޓެޑުން 10 އަހަރަށް އެޑިޑާސްއާ އެކު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން އާމްދަނީ އެއް ބިލިއަން ޑޮލަރަށް ނާރާނެ އެވެ. އެއީ، ޔޫރަޕްގެ މުބާރާތްތަކުގައި އެ ޓީމަށް ވަކި ވަރަކަށް ޓާގެޓްތަކެއް ހާސިލްކުރެވިފައިނުވާތީ އެވެ.
ލިވަޕޫލުން އަންނަ މަހުން ފެށިގެން އެޑިޑާސްއާ އެކު، އަލުން ކިޓްގެ ކަންކަން ފަށަން ނިންމާފައިވާއިރު، އާމްދަނީ އުޅެނީ ސީޒަނެއްގައި 75 މިލިއަން ޑޮލަރުގަ އެވެ. ފާއިތުވި ފަސް އަހަރު ނައިކީއާ އެކު ޑީލް އޮތް ލިވަޕޫލުން އެޑިޑާސްއާ އެކު ސޮއިކުރަނީ، ވެސް ފަސް އަހަރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސިޓީން އެއް ބިލިއަން ޑޮލަރުގެ ރެކޯޑް ކިޓް ޑީލެއް ހަދައިފި ސިޓީން އެއް ބިލިއަން ޑޮލަރުގެ ރެކޯޑް ކިޓް ޑީލެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ