20 ޕާޓްނަރުންނާ އެކު ކާވާގެ ކަވަރޭޖަށް ސަން ތައްޔާރު

ޖުމުލަ 20 ޕާޓްނަރުންނާ އެކު ސަން ސިޔާމް މީޑިއާ ގްރޫޕުން ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ)ގެ އެންމެ ބޮޑު ކުލަބު މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ކަވަރޭޖަށް ތައްޔާރުވެއްޖެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ޕްރައިވެޓް މީޑިއާ ކުންފުންޏަކުން ބޭރުގެ ބައިނަލްއަޤުވާމީ ބޮޑު ކުޅިވަރު މުބާރާތެއްގެ ލައިވް ކަވަރޭޖެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މުބާރާތަަށް ލިބުނު ސްޕޮންސަރުންނެވެ. މިކަމުން ސާބިތުވަނީ ރާއްޖޭގެ ޕްރައިވެޓް މީޑިއާ ސެކްޓަރުން ވެސް ދިވެހި ކުޅިވަރަށް ޚިދުމަތްކޮށްދެވިދާނެ ކަމެވެ. މިކަން ވީއޭއެމުން ވެސް ވަނީ ފާހަގަކޮށްފައެވެ. މި މަހުގެ 17-23 އަށް މާލޭގައި ކުރިއަށްގެންދާ މި މުބާރާތުގެ ހުރިހާ މެޗެއް އެސްއެސްޓީވީއާއި ސަން ޕްލޭ އެޕް މެދުވެރިކޮށް ފެންނާނެއެވެ. އަދި، ޚަބަރުތައް ސަން އޮންލައިނުން ގެނެސްދިނުމުގެ އިތުރުން އިނގިރޭސިން ވެސް ގެނެސްދޭނެއެވެ. ކާވާގެ އިތުރުން ވީއޭއެމުން މި މުބާރާތް ރާއްޖޭގައި ބާއްވަނީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާގެ ބޮޑު އެހީތެރިކަމާ އެކުއެވެ. އެގޮތުން، މިނިސްޓްރީގެ އެކި ފަންތީގެ ބޭފުޅުންގެ ފަރާތުން މުބާރާތް ބޭއްވުމަށް ދެއްވި އެހީތެރިކަން މުބާރާތް އިންތިޒާމުކުރައްވާ ވީއޭއެމުން ފާހަގަކުރައްވާފައެވެ. މުބާރާތް ފެށުމުގެ ކުރިން ބުދަ ދުވަހު ސޯޝަލް ސެންޓަރުގައި ވަނީ ސްޕޮންސަރުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވީއޭއެމުގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުޙައްމަދު ލަތީފެވެ. ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއޔާތުގެ ތެރެއިން -- ސަން ފޮޓޯ މުބާރާތުގެ ގޯލްޑް ޕާޓްނަރުން - ރެޑް ސްޓާ - ސަންސިޔާމް ރިޒޯޓްސް - ވޮލްކް ސިލްވާ ޕާޓްނަރުން - އައިކެއާ - ޑިފެކްޓޯ - ގަވިން - ވައިޓަލް ކެއާ - އެމް ސެވަން ޕްރިންޓް ވެލިއުޑް ޕާޓްނަރުން - ކޮސްމޮޕޮލިޓަން - ލޫސީސް - ވިޒިޓް ދަރަވަންދޫ - އެމްއެޗްއާރު ޓްރޭޑިން - ފިނިޓް އިންވެސްޓްމަންޓް - އަނާ އިންވެސްޓްމަންޓް - މައިލޯ - އެމްއެފްއެލްސީ - ހޯޕް ޑެންޓަލް ކްލިނިކް އޮފިޝަލް ޓްރެވަލް ޕާޓްނާ - އެމްޓީސީސީ ޑިޖިޓަލް ޕާޓްނާ - ދިރާގު ވޯޓާ ޕާޓްނާ ބޮނަކުއާ ކާވާ މުބާރާތުގެ މެޗުތައް --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ