އުރީދޫ މަސްރޭސް 2025ގައި ބައިވެރިވާން މިއަދު ހުޅުވާލައިފި އެވެ.
ތަފްސީލް - ފިޝަރީޒް މިނިސްްޓްރީއާ ގުޅިގެން މި އަހަރު މަސްރޭސް ބާއްވަނީ:
ކ. ހުރާ - 22 އޮގަސްޓް
ށ. ފުނަދޫ - 29 އޮގަސްޓް
ޖުމްލަ 12 މީހުން ހިމެނޭ ޓީމް (ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން) ހެދުމަށް ފަހު އޮންލައިކޮށް މި މަހު 30ގެ ނިޔަލަށް ރަޖިސްޓްރީކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން:
ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ
16 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީކޮށްފައިވާ ނަމަ، ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދާނެ
ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ
ކޮންމެ މަސް ރޭހެއްގައި ވެސް ޖުމްލަ 80،000ރ.ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި:
ޗެމްޕިއަން ޓީމް - 25،000ރ.
ދެވަނަ ޓީމް: 10،000ރ.
ތިންވަނަ ޓީމް: 5،000ރ.
އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމު ދޭނެ
ފާހަގަކޮށްލެވޭ - އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.
އުރީދޫ މަސްރޭސް ހުރާ އަދި ފުނަދޫގައި؛ ބައިވެރިވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ