ލޯނުގައި ކިޔަވާ ދަރިވަރުންނަށް ވެސް މެލޭޝިއާގެ %6 ޓެކްސް ފައިސާ ދެނީ

ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން މެލޭޝިއާގައި ތައުލީމު ހާސިލް ކުރަމުން އަންނަ ކުދިންގެ ލޯނުގެ ތެރޭގައި ޓެކުހަށް ދައްކަން ޖެހޭ މިންވަރު ހިމަނަން ބޭނުން ނަމަ އެ ކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މެލޭޝިއާ ސަރުކާރުގެ ނިންމުމަކާ އެކު އެ ގައުމުގައި މަތީ ތައުލީމު ހާސިލްކުރާ ބިދޭސީ ދަރިވަރުން ދައްކާ ފީގެ ތެރެއިން %6ގެ ޓެކުގެއް ނަގަން ވަނީ ފަށައިފަ އެވެ.
ތަފްސީލް - ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެ ކުރިން ވިދާޅުވީ އެ ޓެކުހުގެ ބުރަ ދިވެހި ދަރިވަރުން އަމިއްލައަށް އުފުލަން ނުޖެހޭ ގޮތަށް ކަންތައް ހަމަޖައްސަވާނެ ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ:
ކޮލެޖު ނުވަތަ ޔުނިވާސިޓީތަކުން މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި ޓެކްސް ހިމެނުމުން މިހާރު ވެސް ފައިސާ ދައްކަމުންދާ ގޮތަށް އެ އަދަދު ވެސް ހިމަނައިގެން ފައިސާ ދައްކާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް
މި ބަދަލާ އެކު މިނިސްޓްރީގެ ލޯނު ސްކީމުތަކުގައި މެލޭޝިއާގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކޯސް ފީއަށް ޓެކްސްގެ ގޮތުގައި އިތުރުވާ ފައިސާ، ދަރިވަރުން އެދުމުން އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދޭން ވަނީ ނިންމާފައި
އެ ކަމަށް އެދޭ ދަރިވަރުން ފޯމެއް ފުރަން ޖެހޭ
އެނގުން މުހިންމު - މެލޭޝިއާ ސަރުކާރުން ނިންމާފައިވަނީ:
އެ ގައުމުގައި ކިޔަވައިދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ތެރެއިން އަހަރަކު 60،000 ރިންގިޓުން ފެށިގެން މަތިން ދަރިވަރުން އަތުން ފީ ނަގާ އިދާރާތަކުން ސޭލްސް އެންޑް ސާވިސް ޓެކުހަށް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް
އެ ތަންތަނުގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން ދައްކާ ފީން %6ގެ ޓެކުހެއް ނެގުމަށް
މިއީ މެލޭޝިއާގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެ ގައުމުގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ