ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.ރައީސްގެ ޕޯސްޓުގައި ދިވެހިރާއްޖޭގެ ގައުމީ ކުތުބުހާނާގެ ފަޚުރުވެރި 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ.ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށެވެ. އަދި ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް، އެފަރާތްތަކުގެ ހިދުމަތް ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފައެވެ. ޤައުމީ ކުތުބުޚާނާގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ގައުމީ ކުތުބުހާނާގެ ގޮފިތަކުން މީހުންނަށް މައުލޫމާތު އިތުރުކޮށްދީ، ޢިލްމީ އަދި ބިނާކުރަނިވި މުޖުތަމަޢެއް އުފެއްދުމެވެ.ފޮތްތަކުގެ އިތުރުން އެކިއެކި އިޖްތިމާޢީ މައްސަލަތަކާބެހޭ ފޮތްތަކާއި، ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކާ ބެހޭ ލިޔުންތަކާއި، ނޫސްމަޖައްލާތައް ގައުމީ ކުތުބުހާނާގައިވެ އެވެ. މީގެ އިތުރުން، އިނގިރޭސިބަހާއި، ޢަރަބި ފޮތްތަކާއި، އުރުދޫ ބަހުން ލިޔެފައިވާ ފޮތްތައްވެސް ގައުމީ ކުތުބުހާނާއިން ކިޔާލަން ލިބޭނެ އެވެ.ގައުމީ ކުތުބުހާނާގައި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން އެކި މާއްދާތަކަށް ހާއްސަ ފޮތްތަކެއްވެސް ލިބެން އެބަހުއްޓެވެ. މީގެ ތެރޭގައި ދިވެހިބަހާއި އަދަބިއްޔާތާއި، ތާރީޚާއި، ހިސާބު އިލްމާއި، ތިމާވެށީގެ އިލްމުގެ އިތުރުން ފިލޯސަފީއާއި އާޓްގެ ދާއިރާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ