ހުޅުމާލޭ ކަފިހި ހުރަސް މަތިން އިތުރު އެކްސިޑެންޓެއް: ސައިކަލު ދުއްވި ލައިސެންސް ނެތް ބިދޭސީއެއް

ހުޅުމާލޭގައި ކަފިހި ހުރަސް މަތިން މީހަކު މަގު ހުރަސް ކުރަނިކޮށް، އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހުނުކަމުގެ މައްސަލަ މިއަދު 14:15ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ހިނގައިފައި ދިޔަ، 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެ މީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ، ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އެ މީހާ ދުއްވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. މިފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި، ކަފިހި ހުރަސް މަތިން މީހުން ހިނގާފައި ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައިފައިވެއެވެ. https://sun.mv/208190 އޭގެ ތެރޭގައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހި ހުރަސްމަތިން 54 އަހަރުގެ ދިވެހި ފިރިހެނަކު ދަނިކޮށް އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހުނު މައްސަލައެއް ހިމެނެއެވެ. އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ އެ ސަރަހައްދުން ފިލިއެވެ. އެއީ ވެސް ލައިސެންސް ނެތް މީހެއް ކަމަށްވާއިރު، ފުލުހުން ފަހުން ވަނީ އެ މީހާ ހައްޔަރުކޮށްފައެވެ. އެއަށްފަހު މި މަހުގެ ދެވަނަ ދުވަހު އައްޑޫގައި، ކަފިހި ހުރަސްމަތިން މަގު ހުރަސްކުރަމުން ދިޔަ 74 އަހަރުގެ މީހެއްގެ ގައިގައި ސައިކަލުން ޖެހި އެ މީހާ ވެއްޓިފައިވެއެވެ. އެއާއެކު ސައިކަލު ވެސް ވެއްޓުނުއިރު، ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ބޭރުފުށުން ފެންނަން ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ. https://sun.mv/208221 ހަމަ އެ ރޭ ފުވައްމުލަކުގެ މަގެއްގެ އެއް ފަރާތުގައި، ސައިކަލުތަކެއް ކައިރީ މީހަކު މަޑުކޮށްގެން ހުއްޓައި އެ މަގުން ދުއްވާފައި ދިޔަ ކާރެއް އެ ސައިކަލުތަކުގައި ޖެހިފައިވެއެވެ. މަގުމަތީގައި ހުރި މީހާ ވިއްސައިގެން ދިޔައިރު، އޭނާގެ ފުރާނަ ސަލާމަތްވީ ކިރިޔާކަން، އެ ހާދިސާގެ ވީޑިއޯއިން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ