ކަފިހި ހުރަހެއް މަތިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވި މައްސަލަ މިއަދު މެންދުރު 2:16 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ބަންގްލަދޭޝް ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި އަނިޔާވީ 59 އަހަރުގެ ދިވެހި އަންހެނަކަށް
އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން
އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ
ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ޓޯކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓު ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ