ގަން ޕޮލިހުގައި ވަޅޯމަހާއި ބަށިތަކެއް، ވެރިފަރާތް ހޯދަނީ

ގަން ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވަޅޯމަހާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަން އިއުލާނު ކޮށްފި އެވެ.
ގަމު ޕޮލިހުން ކޮށްފަައިވާ ޕޯސްޓެއްގަައި ބުނީ ޖެނުއަރީ 19 ވަނަ ދުވަހު ގަން ޕޮލިސްގެ ފުލުހުން ސ.ފޭދޫ އިން ހިފެހެއްޓި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ވަޅޯމަސް ތަކަކާއި، ބަށިތަކެއް ވަނީ ފެނިފައި ކަމަށެވެ.
މި ތަކެތީގެ ވެރިފަރާތުން ގަން ޕޮލިސްގެ ނަމްބަރު 125 އަށް ގުޅައި، މި ތަކެތި ގެންދަން ވަނީ އެދިފަ އެވެ.
އެތަކެތީގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ