އެމެރިކާއާ އިޒްރޭލުން މެދުއިރުމަތީގެ ހަމަޖެހުން ނަގާލާ މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހިމެނޭ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ވަރަށް އަވަހަށް ހުށައަޅުއްވާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމަ ދިގުލައި މުޅި ދުނިޔެ އޮތީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. ރާއްޖެ ފަދަ ގައުމުތަކަށް މި ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ އެވެ. އެހެން ކަމުން ހަރަދު ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ވަނީ މަޖުބޫރުވެފަ އެވެ. އެފަދަ ފިޔަވަޅުތައް ގިނަ ގައުމުތަކުން މިހާރު ދަނީ އަޅަމުންނެވެ.
މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި މާލީ ވަޒީރު ވިދާޅުވީ މިހާރު އޮތް ހާލަތުަގައި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެކަންކަން ދެނެގަނެ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ވަޒީރު ވިދާޅުވީ ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހިމެނޭ ޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ޕްލޭނާއެކު އަންނަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ މުޅި ޕްލޭން ހާމަނުކުރެވުނު ނަމަވެސް ޕްލޭންގެ މުހިންމު ކަންކަން އާންމުންނާއި ހިއްސާ ކުރައްވާނެ ކަމަށް ވެސް މާލީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
ހަނގުރާމައިގެ ސަަބަބުން ލިބޭ ގެއްލުން 85 - 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަަރުކާރުން އަންދާޒާ ކުރެ އެވެ. އެ ގެއްލުން ފޫބައްދަން ލޯނެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ މިހާރު ވެސް ފަށާފަ އެވެ.
ހަރަދު ކުޑަކުރުމުގެ ޕްލޭނާއެކު ރައީސް އަރިހަށް، މުހިންމު ކަންކަން ހާމަކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ