މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގއިން އާންމުކުރި މި ގަވާއިދުގައިވާ ގޮތުން، 10 ބުރިއަށް އުފުލާ އިމާރާތްތަކުގެ ބޭސްމަންޓު (ތިރީ ފަންގިފިލާ) ހާއްސަކުރަން ޖެހެނީ ޕާކިންއަށެވެ. މީގެ އިތުރުން އިމާރާތުގެ ފުރަތަމަ ފަންގިފިލާ ހާއްސަކުރަން ޖެހެނީ މީހުން ދިރިއުޅުން ނޫން އެހެން ބޭނުންތަކަށެވެ.
މި ބަދަލަކީ މެއި 26، 2025 ގައި އާންމުކުރި ހުޅުމާލޭގެ ހަތަރުވަނަ މާސްޓާ ޕްލޭނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ގެނައި ބޮޑު ބަދަލެކެވެ. ކުރީގެ މާސްޓާ ޕްލޭންގައި އޮތް ގޮތުން، "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހިމެނޭހެން، އަމިއްލަ ގޯތިތަކުގައި އެންމެ އުސްކޮށް އިމާރާތްކުރެވެނީ ހަތް ފަންގިފިލާއަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މީގެ ކުރިން ވިލިމާލޭގައި އަޅާ އިމާރާތްތައް ވެސް 10 ބުރިއަށް ނެގޭ ގޮތަށް މާލޭ ޕްލޭނިން ގަވާއިދަށް ބަދަލު ގެނެސްފައެވެ. މިއީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލުތަކެކެވެ.
ހުޅުމާލޭގައި 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ