ރާއްޖޭގެ ފުރަތަމަ 11 އަށް މިރޭ ތިން ބަދަލެއް ގެނެސްފި

މިރޭ ބޫޓާންއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ރާއްޖެއިން ކުޅޭ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ 11އަށް ތިން ބަދަލެއް ގެނެސްފި އެވެ.
ގްރޫޕް އޭގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާ އަތުން ވަނީ 3-2 އިން ބަލިވެފަ އެވެ. އެ މެޗުގައި ލަންކާ މޮޅުވީ ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ދެ ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރަ އެވެ.
އެ މެޗުގައި ނުކުތް ފުރަތަމަ 11ގެ ތިން ކުޅުންތެރިން ކަމަށްވާ އީދާން އަހުމަދު މޫސާ، އަލީ ހައިޒޫމް ހަސަން އަދި ހަސަން ގައިސް މުހައްމަދު މިރޭގެ ފުރަތަމަ 11ގައި ނުހިމެނެ އެވެ.
އޭގެ ބަދަލުގައި އެ ތިން މަގާމު ފުރަނީ ނާޝިއު އަހުމަދު ޝިހާމް، އައިދު މުހައްމަދު ޖަވީޒް އަދި މުހައްމަދު ނައިސަމް ނަދީމެވެ.
މިދިއަ އަހަރު އިންޑިއާގައި އޮތް ސާފް 19 އަހަރުން ދަށުގެ މުބާރާތުގައި ބޫޓާން އާއި ރާއްޖެ 2-2 އިން އެއްވަރުވި އިރު އޭގެ ތެރެއިން އެއް ލަނޑު ޖެހީ އައިދު އެވެ.
1 - ޒަހުރާން ހަސަން ޒިޔާދު، ގޯލްކީޕަރު'
9 - މުހައްމަދު އިލާން އިމްރާން (ކެޕްޓަން)
5 - މުހައްމަދު ނައިސަމް ނަދީމް
6 - އަހުމަދު އަކްމަލް ނިޒާމް
7 - ނާޝިއު އަހުމަދު ޝިހާމް
8 - އަހުޒަމް ރަޝީދު
10 - އީތަން އިބްރާހިމް ޒަކީ
11 - ހަސަން އިބްރާހިމް ނާސިރު
13 - އަހުމަދު މިކްޔާލް މުއީން
17 - މުހައްމަދު ޝަމްހާން
19 - އައިދު މުހައްމަދު ޖަވީޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ