ޖެނީވާގައި ރާއްޖެއިން އީރާނު އެކަނި ކުށްވެރިކޮށް، އިސްރޭލާއި އެމެރިކާގެ ވާހަކަ ނުދެއްކުމުން ނުރުހުން
ސުވިޒަލޭންޑުގެ ޖެނީވާގައި، ރާއްޖެއިން ދިން ބަޔާނުގައި، ހަމައެކަނި ގަލްފުގެ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިސްރާއީލާއި އެމެރިކާގެ އަމަލުތައް ކުށްވެރިނުކުރުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ. އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ 44 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހުރޭން، ކުވެއިތު، އޮމާން އަދި އުރުދުންއަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކާ މެދު ރާއްޖެއިން ކަންބޮޑުވާ ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، "ހިއުމަން ރައިޓްސް އިމްޕްލިކޭޝަންސް އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް އީރާންސް އަންޕްރޮވޯކްޑް އެޓޭކްސް އެގެއިންސްޓް ބަހުރޭން، ކުވެއިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ޔޫނައިޓެޑް އަރަބް އެމިރޭޓްސް އެންޑް ޖޯޑަން" ގެ ނަމުގައި ހުށަހެޅި ގަރާރުގައި ރާއްޖެއިން ވަނީ ކޯ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެފައެވެ. ރާއްޖޭގެ ބަޔާނުގައި ސަރަހައްދީ ހަމަޖެހުމަށް ޓަކައި ހަނގުރާމަ ހުއްޓާލުމަށާއި، ޑިޕްލޮމެޓިކް މަގުން މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވެއެވެ. އަދި އީރާނާ ދެކޮޅަށް އިސްރޭލާއި އެމެރިކާއިން ދެމުންދާ އަސްކަރީ ހަމަލާތައް ވެސް ކުށްވެރިކުރާ ކަމަށް މަންދޫބު ވިދާޅުވިއެވެ. https://x.com/Roxeyna/status/2036788579243110766 ނަމަވެސް، މި ތަގުރީރާ ގުޅިގެން ސޯޝަލް މީޑިއާގައި ސިޔާސީ ބޭފުޅުންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މި ބަޔާނަކީ ވަކި ފަރާތަކަށް ބުރަވެފައިވާ ބަޔާނެއް ކަމަށެވެ. ހާއްސަކޮށް، އިސްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، މެދުއިރުމަތީގައި އެމެރިކާއާއި އިސްރޭލުން ހިންގާ ހަރަކާތްތަކުގެ ވާހަކަ އެއްވެސް މިންވަރަކަށް މި ބަޔާނުގައި ހިމަނާފައި ނުވާތީ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރާއްޖެއަކީ އަބަދުވެސް ވަކިކޮޅަކަށް ބުރަނުވާ ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެއް ނަމަވެސް، މި ބަޔާނުން ފެނިގެންދަނީ އެ ސިޔާސަތާ ޚިލާފަށް ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކުރާ މަންޒަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ