ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދެ ބިދޭސީއެކެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއްކަން އަދި ކަށަވަރެއް ނުވެއެވެ.
ހާދިސާ ހިނގިއިރު އެ ލޯންޗުގައި ޖުމްލަ 5 މީހުން ތިބި ކަމަށާއި ލޯންޗުން ދަތުރުކުރި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެ އެވެ.
ފަރުވާ ދެމުންދަނީ އިނގިރޭސިވިލާތުގެ ތިން ރައްޔިތަކަށް ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭގެ މެންދަމުގެ ވަގުތެއްގަ އެވެ. މިކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭ މެންދަމު 1:15 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވ. އަތޮޅުން އަދަދު ނޫހަށް މައުލޫމާތު ދިން އިތުބާރު ކުރެވޭ މީހަކު ބުނީ ބަންޑުން ޖަހާލާފައިވަނީ ރާއްޖެ އައިސް އުޅޭ ބޭރުގެ ބިލިއަނަރެއްގެ ސަފާރީއެއްގެ ލޯންޗެކެވެ.
މި ހާދިސާއާ ގުޅިގެން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯންޗު ފުރޮޅާލާފައިވަނީ ވ. އަތޮޅުގެ އެތެރެވަރީގައި، ފެލިދޫ އާއި ކެޔޮދޫއާ ދެމެދު ގާތްގަނޑަކަށް ދެ ކިލޯމީޓަރު ބޭރުން ކަމަށެވެ.
ވ. އަތޮޅުގައި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ ވ. އަތޮޅުގައި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ