ފަތުރުވެރިން ގޮވައިގެން ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ރޭ ދަންވަރު ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ މި ހާދިސާގެ ރިޕޯޓު ރޭ ދަންވަރު 1:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ތަފްސީލް - ފުލުހުން ބުނީ ލޯންޗުގައި 7 މީހުން ތިބި ކަމަށެވެ. އެއީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި އިންޑިއާއަށް ނިސްބަތްވާ 5 ފިރިހެނުންނެވެ.
ފުލުހުން ބުނީ މި ހާދިސާގައި:
ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓުނީ 5 މީހުން؛ އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެނަކާއި އިންޑިއާގެ 4 ފިރިހެނުން
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން
"މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ،" ފުލުހުން ބުންޏެވެ.
ފެލިދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލައި ގެއްލުނު 2 މީހުން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ