ވިލިގިނލީ ދާއިރާގެ މަޖިލީސް މެންބަރު ދެއްވާ އުމްރާ ދަތުރު ލިބޭ ދެ ފަރާތް ހޮވައިފި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އެއް އަަހަރަށް އިތުރު ކޮށްދީފި ހައްޖުގެ އަޅުކަން އަދާކުރުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އިލްތިމާޒުކޮށްފި ޢުމްރާއަށް މީހުން ގެ

އުމްރާއިން އެނބުރި އަންނައިރު ގިނަ މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައި ތިބޭކަން ފާހަގަކުރެވޭތީ، އެޗްޕީއޭއިން ވަނީ ބަލިޖެހިއްޖެ ނަމަ އެކަމަށް ސަމާލުވުމަށް އަންގާފައެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް ވަނީ އެދިފައެވެ. އަދި ޚާއްސަކޮށް، ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން އުރައި ހެދުމާއި އެކުދިންނާ ގާތްވުމުން ދުރުހެލިވުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އެ އެޖެންސީން ވަނީ ބާރުއަޅާފައެވެ.
މީގެއިތުރުން، ރާއްޖެ އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސައި ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ޑޮކްޓަރަށް ދައްކާއިރު، އެއީ އުމްރާއިން އެނބުރި އައި މީހެއްކަން ބުނުމަށް ވެސް ވަނީ އެދިފައެވެ. ބަލިވެ އުޅޭ ނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، ޑޮކްޓަރެއްގެ ލަފަޔާ ނުލައި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންނުކުރުމަށް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ