ސޯޅަ ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ވާދަކުރާ ގައުމީ ބޮޑީބިލްޑިން ޓީމު އިއުލާންކޮށްފި އެވެ.
އެ ޓީމުގައި ހިމެނެނީ ޖޫނިއާ ކެޓަގަރީގައި ވާދަކުރާ އަހުމަދު ރިޒާން ނިޒާރާއި މިދިޔަ އަހަރުގެ މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދި އަޒްނީން ރަޝީދާއި އަލީ މަބްރޫކް ލަތީފާއި އިނާޒް ޔޫސުފާއި އިބްރާހިމް ސިވާހްގެ އިތުރުން އަހުމަދު ނައީމެވެ.
މުބާރާތަށްދާ އޮފިޝަލުންނަކީ މުހައްމަދު ނަޒީހާއި އަބުދުލް ހަސީބެވެ.
View this post on Instagram
A post shared by Bodybuilding Association of Maldives (@bbam.mv)
މި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ނެގި ޓީމުގައި ހިމެނޭ ބައެއް އެތުލީޓުންނަކީ މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖެ ރަން މެޑަލް ހޯދި އެތުލީޓުންނެވެ. އެހެންވެ މި އަހަރަކީ ވެސް މުބާރާތުގައި ރާއްޖެ އިން ރަން ވަނަތަކެއް ހޯދާނެ މުބާރާތަކަށްވުމުގެ އުންމީދު ބޮޑެވެ.
މި މުބާރާތަށް ޓީމު އެކުލަވައިލީ މިދިޔަ މަހުގެ 30 ގައި އެސްޓްރީމް ފިޓްނެސް ޖިމްގައި ބޭއްވި ސިލެކްޝަނެއްގަ އެވެ.
ސޯޅަ ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް އޮންނާނީ މި އަހަރުގެ ޖޫން 30 އިން ޖުލައި 24 އަށް ބޫޓާންގަ އެވެ.
ގައުމީ ބޮޑީބިލްޑިން ޓީމު އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ