ފެނަކައިގެ 8،000 މުވައްޒަފުންގެ ތެރެއިން ރިޑަންޑަންސީ ޕްރޮގްރާމުގައި ވަކިވާން އެދުނީ އެންމެ 108 މީހުން

ފެނަކައިގެ ވަޒީފާގައި އުޅޭ 8،000 މުވައްޒަފުންގެ ތެރެއިން، ރިޑަންޑަންސީ ޕްރޮގްރާމުގައި ވަކިވާން އެދުނީ އެންމެ 108 މުވައްޒަފުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހުސެއިން އަފީފް ވިދާޅުވެއްޖެ އެވެ. 
ރިޑަންޑަންސީ ޕްރޮގްރާމުގެ ދަށުން ހަތަރު މަހުގެ މުސާރައާއެކު ވަޒީފާ ދޫކޮށްލަން ދިން މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ވަޒީފާ ދޫކޮށްލާ މުވައްޒަފުން އަމިއްލަ މަސައްކަތެއް ކުރަން ބޭނުންވާ ނަމަ ލޯނެއް ލިބޭނެ ފުރުސަތު ވެސް ފެނަކައިން ހަމަޖައްސަދެ އެވެ. 
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
Zetta Enterprises Pvt Ltd
MU STORE
"ކުރާނެ މަސައްކަތެއް ނެތި، ގޭގައި ތިއްބެވީމަ ރަށަށް ގެއްލުން ވަނީ، އޭގެ ބަދަލުގައި އެ މުވައްޒަފުން ސަރުކާރުގެ ލޯން ސްކީމެއްގެ ތެރެއިން ލޯނެއް ހަމަޖައްސަން. ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވާ މިހާރު އެބަހުރި ލޯން ސްކީމް މޯގޭޖް ކުރުމަކާ ނުލާ،" ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވި އެވެ. 
ފެނަކައިގެ ޕްރޮގްރާމުގައި ބައިވެރިވީ 108 މުވައްޒަފުން ކަމުން ވަޒީފާ ދޫކޮށްލަން އެއްބަސް މި ވީ އެ ކުންފުނީގެ 8،000 މުވައްޒަފުންގެ ތެރެއިން އެންމެ 1.3 ޕަސެންޓު މުވައްޒަފުންނެވެ. 
ފެނަކައަކީ ޔުޓިލިޓީގެ ހިދުމަތް ދިނުމަށް ޖޫން، 2012، ގައި ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގައި ތިބި ވަރަށް ގިނަ މުވައްޒަފުންނަކީ ސިޔާސީ ގޮތުން ސަރުކާރުން ވަޒީފާ ދީފައި ތިބި މީހުންނެވެ. 
ފެނަކައިގައި މަސައްކަތެއް ނެތި ތިބޭ މުވައްޒަފުން އުޅޭ ކަމަށް މި ފަހުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަފީފް ވަނީ ވިދާޅުވެފަ އެވެ. އަދި އެތަނަށް ލިބޭ އާމްދަނީއާ ނުބައްދަލު އަދަދެއް މުސާރައަށް ހޭދަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަފީފް ވިދާޅުވީ، ފެނަކައިގެ މުވައްޒަފުންގެ މުސާރައަށް މަހަކު 90 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. އަހަރަކަށް ބަލާ ނަމަ އެއި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. 
"ޔުނިޓުތަކުގައި ވެސް ބޭނުންވާ އަދަދަށް މުވައްޒަފުން ބައެއް ތަންތަނުގައި ހުރިއިރު ބޭނުންވާ އަދަދަށް މުވައްޒަފުން ނެތް ތަންތަން ވެސް ފާހަގަކުރެވުނު. އަދި ބައެއް ތަންތަނުގައި މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތް ބައެއް ތަންތަން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު،" ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ