މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި މީހާ ލޮރީގެ ދަށުވާން މެދުވެރިވީ، ސީދާ އެ ލޮރީގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހުޅުމާލެ ގޯތި ނަންބަރު 20054 (ގްރީންޕީކް)، އުމުރުން 39 އަހަރުގެ އިބްރާހީމް ނާޞިޙު އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީއެއްގެ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވީ ނަމަވެސް، އެ އުޅަނދުގެ ދަށުވާން މެދުވެރިވީ އުޅަނދުގައި ޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ.
މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 15:57 އެހައިކަންހާއިރުއެވެ. އިބްރާހީމް ނާޞިޙު ވަނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައެވެ.
ނިޔާވި މީހާ ވެއްޓުނީ ލޮރީގައި ޖެހިގެން ކަމަށް ނުބެލެވޭ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ