ވެމްކޯގެ ވެށިފާރަވެރިޔަކު ވަކިކުރީ ގޯސްކޮށް ކަމަށް ނިންމުމުން ހައި ކޯޓަށް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވެށިފާރަވެރިއެއްގެ ވަޒީފާއިން ހދ. ކުޅުދުއްފުށި، ހިޖްރަ، އައިމިނަތު ހުސައިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމުމުން, ވެމްކޯއިން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. 
ވެމްކޯގެ ވެށިފާރަވެރިއެއްގެ ވަޒީފާއިން އައިމިނަތު ހުސައިން ވަކިކުރީ ޑިއުޓީ ގަޑީގައި ކުނި ނަގަން ގޮސް ގެއަކުން ވައްކަން ކުރި ކަމަށް ބުނެ ކުޅުދުއްފުށި ނޮދަން އޮޕަރޭޝަންސް އިން ހުށަހެޅި މައްސަލައަކާ ގުޅިގެން، ވެމްކޯގެ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށްފަހު އެވެ. 
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MGH Group of Companies
Zetta Enterprises Pvt Ltd
މިކަމާ ގުޅިގެން އައިމިނަތު ހުސައިންގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި ބުނީ ވައްކަން ކުރިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރީ ނޯޓިސް ދިނުމަކާ ނުލައި އެކަށީގެންވާ ތުހުމަތެއް އެކަމުގައި ނެތީސް ކަމަށާއި މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ވަޒީފާއިން ވަކިކުރިއިރު އެކަށީގެންވާ ގޮތެއްގައި ނުދޭ ކަމަށެވެ. 
މި މައްސަލަ ޓްރައިބިއުނަލް އިން ބެލުމަށްފަހު މިދިޔަ ޖޫން މަހު ނިންމީ އައިމިނަތު ހުސައިން ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން ގާއިމުކުރުމަކާ ނުލައި ކަމަށެވެ.
މިގޮތުން ޓްރައިބިއުނަލް އިން ވަނީ އައިމިނަތު ހުސައިންއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއް ކަމަށް ނުބެލުމަށް އަމުރުކޮށް، އޭނާ އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކޮށްދިނުމަށް ކަނޑައަޅާފަ އެވެ. 
މީގެއިތުރުން އައިމިނަތު ހުސައިން ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 14،400ރ. އެކީ އެއްފަހަރާ ދޭންޖެހޭނެ ކަމަށްވެސް ޓްރައިބިއުނަލް އިން ވަނީ ނިންމާފަ އެވެ. 
އައިމިނަތު ހުސައިން އަކީ ކުޅުދުއްފުށީގައި މަޝްހޫރު ސަގާފީ ނެށުންތެރިއެކެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ވައްކަމުގެ ތުހުމަތުތައް ކުރިން ދޮގުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ