ޕީއެންސީގެ މެންބަރުން ހިންގި ބޮޑު މާރާމާރީގެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އިއްޔެ ބޭއްވި އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް މާރާމާރީ ހިންގި މައްސަލައިގައި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ. 
ހުޅުމާލޭގެ ކާމިލު ދީދީ ޕްރީ ސްކޫލުގައި ރޭ ހިންގި މާރާމާރީގައި ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އަޅައި، ސްކޫލުގެ ވަރަށް ގިނަ ތަކެއްޗަށް ވެސް ގެއްލުންދިނެވެ. 
MGH Group of Companies
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MGH Group of Companies
MU STORE
"މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ. 
ރޭ ހިންގި މާރާމާރީގައި ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފް (ހުސެއިންބެ) ގެ ދަރިކަލުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ރައީސް އޮފީހުގެ ބައެއް މުވައްޒަފުން ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސީ މުވައްޒަފުން އެ މާރާމާރީގައި ބައިވެރިވި އެވެ. 
ރޭގެ މާރާމާރީގެ ތެރެއިން ކާމިލު ދީދީ ސްކޫލުގައި ހަރަކާތްތެރިވި ޕީއެންސީގެ އުމުރުން ދުވަސްވީ މެންބަރަކަށް ވަނީ ޕެނިކް އެޓޭކެއް ޖެހިފަ އެވެ. އަދި ވަރަށް ގިނަ އެހެން މެންބަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. 
ރޭގެ މާރާމާރީގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ ގަޔަށް އަތްލައި، ފުލުހުން ކޮށްޕައި، އަމުރަށް ނުކިޔަންތެރިވެ، ވާޖިބު އަދާކުރަން ހުރަސްއަޅައިފަ އެވެ. އެ މަންޒަރު ފެންނަ ކިތަންމެ ވީޑިއޯއެއް މިވަގުތު ސޯޝަލް މީޑިއާގައި އެބަ ދައުރުވެ އެވެ. 
މާރާމާރީ ހިންގީ މެންބަރު ހުސެއިންބެ ފޮނުވި ގްރޫޕަކުން ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތު ކުރެ އެވެ. އެކަމަކު ހުސެއިންބެ އެކަމަށް އިންކާރު ކުރެ އެވެ. 
"ޒާތީނުވޭ. އަޅުގަނޑަކީ ކާކުކަން ދަންނަ އެއްވެސް މީހަކު އަޅުގަނޑަކީ ގޭންގު ގުރޫޕް ގެންގުޅޭމީހެކޭ، އަދި ގޭންގު ގުރޫޕަށް ނިސްބަތްވާމީހެކޭ ނުބުނާނެ. އެސްއެމް [ސޯޝަލް މީޑިއާ] ގައި، އެމީހަކަށް ބޭނުން އެއްޗެއް ލިޔެވިދާނެ،" ހުސެންބެ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ