އެޗްޑީސީ އިން ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލެ ބަލަހައްޓާ ސަރުކާރުގެ ކުންފުނި އެޗްޑީސީ އިން ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. 
އެޗްޑީސީގައި 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ކުންފުނިން މުވައްޒަފުން މަދު ކުރަނީ އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދު ކުރަން ސަރުކާރުތަކުގެ ބެލެނިވެރި އިދާރާ ޕީސީބީ އިން އެންގުމުންނެވެ. 
MU STORE
Zetta Enterprises Pvt Ltd
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
އެޗްޑީސީ އިން މިއަދު މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ ވަޒީފާ ދޫކޮށްލަން ބޭނުންވާ މުވައްޒަފުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ފޯމު ހުށަހެޅުމަށެވެ. އެހެންކަމުން އެ ފުރުސަތު ބަންދުވާނީ އަންނަ ހަފުތާގެ ހޯމަ ދުވަހެވެ. 
އެޗްޑީސީއިން ވަކިވާ މުވައްޒަފުންނަށް ރިޑަންޑަންސީ ޕެކޭޖުގެ ދަށުން އިނާޔަތެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އިނާޔަތް ދޭނީ ރިޑަންޑަންސީ ޕޮލިސީ އަދި ރިޓާޔަމަންޓް އެންޑް ސެވަރެންސް ޕޭ ޕޮލިސީގެ ދަށުންނެވެ. 
އެޗްޑީސީގެ ރިޑަންޑަންސީ ޕޮލިސީ އިއުލާނު ކުރީ ޖޫން 19، ގަ އެވެ. އޭގެ ފަހުން މިއަދު އެ ހުޅުވާލީ އެކަމަށް އެދި ހުށަހެޅުމަށެވެ. ވަޒީފާ ދޫކޮށްލާ މުވައްޒަފުން ހުށަހަޅަންޖެހެނީ އޮންލައިން ފޯމެކެވެ. 
އެޗްޑީސީގެ އިތުރުން މިފަދަ ޕްރޮގްރާމެއް އިއުލާނު ކުރީ ޔުޓިލިޓީ ކުންފުނި ފެނަކައިންނެވެ. ފެނަކައިން ހުޅުވާލި ފުރުސަތު ވަޒީފާ ދޫކޮށްލަން ހުށަހެޅީ އެންމެ 108 މީހުންނެވެ. އެއީ އެ ކުންފުނީގައި ވަޒީފާ އަދާ ކުރާ 8،000 މީހުންގެ ތެރެއިން 1.3 ޕަސެންޓު މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ