މާލޭގެ ބޮޑުތަކުރުފާނު މަގުގައި މިއަދު އެކްސިޑެންޓު ހިނގީ ލޮރީއަކާއި ސައިކަލެއް ޖެހިގެން ނޫން ކަމަށާއި، އެ ހާދިސާގައި މީހާ މަރުވީ ލޮރީގެ ދަށުވެގެން ކަމަށް ފުލުހުން ބުނެފި އެވެ.
ދަރުބާރުގެ ކައިރިން ބޭރު މަގުގައި ހަވީރު 4:00 ހާއިރު ހިނގި އެކްސިޑެންޓުގައި 39 އަހަރުގެ ދިވެއްސަކު ވަނީ މަރުވެފަ އެވެ. އެއީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް)/ މާލެ، އިބްރާހީމް ނާސިހު އެވެ.
The most trusted news source in the Maldives
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ނާސިހު މަރުވީ ޓްރެއިލާ ލޮރީ ދަށުވެގެން ކަން އެނގިފައިވާ ކަމަށެވެ.
އަދި ލޮރީގެ ދަށުވާން މެދުވެރިވީ އެ އުޅަނދުގައި ޖެހި، އެކްސިޑެންޓުވެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގުކުރާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެކްސިޑެންޓުގައި މީހާ މަރުވީ ލޮރީ ދަށުވެގެން: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ