އެއްވެސް ސްކޫލަކަށް ނިސްބަތް ނުވާގޮތަށް ރާއްޖޭގައި އުފެއްދި އަލަށް ސްކައުޓް ގްރޫޕް އުފައްދައިފި އެވެ.
"މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕް" ގެ ނަމުގައި އުފެއްދި މި ގްރޫޕަކީ ރާއްޖޭގެ ސްކައުޓް ޙަރަކާތުގެ 67 އަހަރުގެ ތާރީހުގައި ވެސް މި ގޮތަށް އުފެއްދި ފުރަތަމަ ސްކައުޓް ގްރޫޕެވެ.
މި ސްކައުޓް ގުރޫޕް އުފައްދައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރު މަޢީދު މުޙައްމަދު ޒާހިރެވެ. "މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕް" ގެ ފަރާތުން ލިޔުމާ ހަވާލުވީ ގްރޫޕް ސްކައުޓް ލީޑަރު މުޙައްމަދު ޝަމްއޫނެވެ. 
އެ ހަފުލާގައި ރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ނަޒީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 
އަލިމަސް އެކެޑަމީއާ ގުޅިގެން ހިންގާ "މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕް"  އާ ގުޅުމުގެ ފުރުޞަޠު މާލޭގައި އުޅޭ ކަބް ސްކައުޓާއި ސްކައުޓުންނާއި އަދި ރޯވަ ސްކައުޓް ޢުމުރުފުރާގެ ހުރިހާ ކުދިންނަށް އޮންނާނެ ކަމަށް ގްރޫޕުން ބުންޏެވެ. އަދި ވަރަށް އަވަހަށް އެ ގްރޫޕާ ގުޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލާ ގޮތަށް ހަމަޖެހިފައިވެ އެވެ.
    
    ސްކޫލަކަށް ނިސްބަތް ނުވާ ސްކައުޓް ގްރޫޕެއް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            