މިލާން (މެއި 12) - އިޓާލިއަން ލީގުގައި ރޭ ޓޮރިނޯ އަތުން 2-0 އިން މޮޅުވެ، އިންޓަ މިލާނުން ލީގުގެ އެއް ވަަނައިގައި އޮތް ނަޕޯލީއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި އެވެ.
ރޭ ނަޕޯލީން ކުޅުނު މެޗުގައި ޖެނޯއާއާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މި ނަތީޖާއާ އެކު، ނަޕޯލީން ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 78 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 36 މެޗުން ލިބިފައިވަނީ 77 ޕޮއިންޓެވެ.
އިންޓަ އަށް ދެން އޮތީ ލާޒިއޯ އާއި ކޯމޯއާ ކުޅޭ ދެ މެޗެެވެ. ނަޕޯލީ އަށް ދެން އޮތީ ޕާމާ އާއި ކަލިއަރީއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
ޓޮރިނޯ ދަނޑުގައި ރޭ އިންޓަ އިން ކުޅުނު މެޗުގައި މެޑިކަލް އިމަޖެންސީއެއް ދިމާވެގެން މެޗު މެދުކަނޑާލަން ޖެހުނުއިރު، މޫސުން ގޯސްވެ، ބޯ ވިއްސާރައިގައި ކުޅެން ޖެހުމުން ވެސް މެޗު ނުކުޅެ ވަގުތުތަކެއް ނެގި އެވެ. އިންޓަ އިން މި މެޗުގައި ލީޑުނެގީ 14 ވަނަ މިނިޓްގައި، ނިކޮލަ ޒަލިއުސްކީ ޖެހި ގޯލުންނެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ، އަލެސަންދްރޯ ބަސްޓޯނީ އެވެ.
އިންޓަ އަށް ރޭގެ މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިނީ، މެޗުގެ 49 ވަނަ މިނިޓްގައި ކްރިސްޓިޖާން އަސްލާނީ ވައްދާލި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ލިބުނީ، ޓޮރިނޯގެ ކީޕަރު، ވަންޖާ މިލިންކޮވިޗް-ސަވިޗް އެ ޓީމުގެ އޭރިއާތެރެއިން އިންޓަގެ މަހުދީ ތަރޭމީ އަށް ފައުލުކުރުމުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނ ނަޕޯލީން ލީޑުނެގީ، ރޮމެލޫ ލުކާކޫ ޖެހި ގޯލުންނެވެ. އެކަމަކު، ނަޕޯލީގެ ކީޕަރު، އަލެކްސް މެރެޓް އަތުން ބައިކޮޅަށްް ވަން ގޯލުން ޖެނޯއާ އިން އެއްވަރުކުރި އެވެ. ނަޕޯލީން މި މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ، ސްކޮޓް މެކްޓޮމިނޭ ދިން ބޯޅައަކުން ޖިއަކޯމޯ ރަސްޕަޑޯރީ ޖެހި ގޯލުންނެވެ. އެކަމަކު، މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް، ޖެނޯއާ އިން އެއްވަރުކުރީ އެ ޓީމުގެ ޑިފެންޑަރު، ޖޯހަން ވަޒްކޭޒް ޖެހި ގޯލުންނެވެ.
އިންޓަ އިން ލީގުގެ ރޭހުގައި ނަޕޯލީ ފަހަތުގައި ވިއްދައިފި އިންޓަ އިން ލީގުގެ ރޭހުގައި ނަޕޯލީ ފަހަތުގައި ވިއްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ