ނަޑެއްލާއިން ގެއްލުނު މީހާ ފަޅުރަށަކުން ހޯދައިފި؛ މައްސަލަ ބަލަނީ

ގދ. ނަޑެއްލާއިން މިއަދު ގެއްލިގެން ހޯދަމުންދިޔަ މީހާ އެ ރަށު ކައިރީ އޮންނަ ފަޅުރަށަކުން ފެނިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ގދ. ނަޑެއްލާ އިން ގެއްލިގެން ހޯދަމުން ދިޔައީ އާދަމް އިބްރާހިމް، 34، ސުހާނީ/ހދ. ނޮޅިވަރަން އެވެ. އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީއަށް އެދި ފުލުހުން މިއަދު ހެނދުނު އިއުލާނު ކުރި އެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނީ އާދަމް އިބްރާހިމް މިއަދު ހަވީރު ފެނިފައިވާ ކަމަށާއި އޭނާ ފެނުނީ ނަޑެއްލާ ކައިރީގައި އޮންނަ އޮންނަ ފަޅުރަށަކުން ކަމަށެވެ.
ފުލުހުން ބުނީ:
އޭނާގެ ހާލު ރަނގަޅު
އޭނާ ފެނުނީ ފުލުހުންނާއި ނަޑެއްލާ ރައްޔިތުންގެ ޓީމަކަށް
އޭނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓުގާޑުން ވެސް ހަރަކާތްތެރިވި
އޭނާ ހޯދުމަށް ނަޑެއްލާ ފަޅުތެރޭގައި އޮންނަ 10 ފަޅުރަށް ބެލި އަދި ރަށުގެ އެކި ސަރަހައްދުތައް ވެސް ބަލާފައިވޭ
އާދަމް އިބްރާހީމް ގެއްލުނު މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ