މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އާއިޝަތު އަސްނާ ހަމްދީ، ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމަށް އަސްނާ އައްޔަންކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 73 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ.
ތަފްސީލް - އެއާ އެކު، އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުގެ މަތިން އޭނާ ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރެއްވީ ރައީސް މުއިއްޒެވެ.
އަސްނާ ވަނީ އެމްއެމްއޭގެ އެކި މަގާމުތަކުގައި 17 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.
ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރެއްވުމާ ހަމައަށް އަސްނާ ހުންނެވީ އެމްއެމްއޭގެ މާލީ އިދާރާ ކުރިއެރުވުމާ ގުޅޭ ޑިޕާޓްމަންޓުގެ ވެރިޔާގެ ގޮތުގަ އެވެ. އެގޮތުން:
އެމްއެމްއޭގެ ގަވަރުނަރުކަމާ އަހުމަދު މުނައްވަރު ހަވާލުވެވަޑައިގަތުމަށް ފަހު އެ ބޭންކުގެ ޑިޕާޓްމަންޓުތަކުގެ ވެރިންނަކީ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ވަނީ ހަމަޖައްސާފައި
އަސްނާ ވެސް އެ މަގާމަށް ހަމަޖެއްސެވީ މުނައްވަރު ވަޑައިގެން މިދިޔަ ނޮވެމްބަރު މަހު ގެންނެވި ބަދަލުތަކުގެ ތެރެއިން
އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 15 ވަރަކަށް އަހަރު ވަނީ ވެފަ އެވެ.
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ