ވޭޕް ގެންގުޅެގެން މިދިޔަ މަހު 192،000ރ. ގެ ޖޫރިމަނާ ކުރި

ރާއްޖޭގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު ފަދަ ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ މަނާކޮށްފައި.
ރާއްޖޭގައި މިހާރު މަނާކޮށްފައިވާ ވޭޕްގެ ބާވަތްތައް ބޭނުންކޮށް އަދި ގެންގުޅެގެން 39 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރުމަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު ފަދަ ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަނާކޮށްފަ އެވެ. 
އޭގެފަހުން ވޭޕްގެ ބާވަތްތައް ބޭނުންކުރަން ހުއްޓުވަން ފުލުހުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ އިރު، މިދިޔަ މަހު އެކަނި 39 މީހެއްގެ އަތުން ވޭޕް ފެނިގެން، ޖޫރިމަނާ ކުރި އަދަދު 192،000ރ. އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ. 
ވޭޕް ގެންގުޅެ ބޭނުން ކޮށް އެ ގާނޫނާ ހިލާފުވިއަސް ވޭޕް އަތުލުމުގެ ބާރެއް ކުރިން ފުލުހުންނަށް ނޯވެ އެވެ. ނަމަވެސް ހެލްތު މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު އާއްމުކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާއްމު ގަވައިދުން ވަނީ ވޭޕްގެ އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފަ އެވެ.ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ