ބުނެވޭ ގޮތުގައި އެއީ ޒުވާން އެހެނަސް ތަޤްވާވެރި އަންހެނެކެވެ. ނޭވާލާން އުނދަގުވާތީ ހޮސްޕިޓަލަށް ގެންދިއުމުން އެޑްމިޓްކުރީއެވެ. އޭނާ އެދުނީ އެންމެ ކަމަކަށެވެ. އެއީ ކިޔަވާނެ މުޞްޙަފެއް އޭނާއަށް ދިނުމަށެވެ.
އެކަންކޮށްދިނެވެ. ނަމަވެސް 2 ދުވަސްފަހުން ޑޮކްޓަރުން ބުނީ ކިޔަވާނަމަ ފުއްޕާމޭ ވަރުބަލިވާމިންވަރު ބޮޑުވާނެ ކަމަށާއި އެހައިގިނައިރު ނުކިޔެވުމަށެވެ. ނަމަވެސް އޭނާ އެކަން ޤަބޫލެއް ނުކުރިއެވެ. ދިއައީ ކިޔެވުނުހައި ގިނައަކުން ކިޔަވަމުންނެވެ.
އޭނާ ނިޔާވީ މިއާޔަތް ކިޔަވަނިކޮށެވެ!
"މުއުމިނުން ވާކަން ކަށަވަރީ، ﷲ ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތްތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލު ކުރާ މީހުން ކަމުގައެވެ." (އަލްއަންފާލް: 2)
ނިޔާވިއިރު ޚަތިމް އޮތީ މޭމަތީގައެވެ. އޮތީ ދެއަތުން ޚަތިމް މެއާއިލައި ފިއްތާލައިގެންނެވެ، ނިޔާވުމުން 2 ނަރުހުން ވެގެން ޚަތިމް ނަގަން އުޅެއުޅެ ނުނެގުނެވެ. ޑޮކްޓަރުންނަށް ބުނަންޖެހުނީ އޭނާއަށް އަނިޔާ ނުކުރުމަށެވެ.
މިއީ ފެނިފައިވާ ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެނގޭ ކަމަކީ މިފަދަ ޢިބްރަތްތެރި އެތައް ޙާދިސާތަކެއް ކޮންމެ ދުވަހަކުވެސް ހިނގަމުންދާ ކަމެވެ.
ކޮންފަދަ ހެޔޮ މަރެއް ހެއްޔެވެ؟ އޭނާ ނިޔާވީއެވެ. ހަށިގަނޑާއި ފުރާނަ ވަކިވީއެވެ. އޭނާ ދަތުރުއެކުރީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތަށެވެ. ދުޢާއަކީ އޭނާއަށް ޖަންނަތުލްފިރުދައުސް މިންވަރުކުރެއްވެވުމެވެ.
ވަރުބަލިވުން އިތުރުވާނެކަމަށް ބުނެ ނުކިޔަވަން ޑޮކްޓަރުން ބުނުމުންވެސް ކިޔަވަމުންދަނިކޮށް މަރުވީމަވެސް 2 ނަރުހުންވެގެން އެއަންހެން ކުއްޖާއާ ޚަތިމް ވަކިނުކުރެވުނު ޙާދިސާއެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ