އެފްއޭއެމް ކޮންގްރެސް މިމަހުގެ 27ގައި ބާއްވަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޯޑިނަރީ ކޮންގްރެސް މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުކޮށްފި އެެވެ.މިކަން އެ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މި ކޮންގްރެސްގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެފްއޭއެމްގެ 2023 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުން ހިމެނެއެވެ.މީގެ އިތުރުން އެފްއޭއެމްގެ އިސްލާހުކުރެވިފައިވާ ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމަށް ހުށަހެޅުމަށް ނިންމާފައިވެއެވެ. މި ހިންގާ ގަވާއިދަކީ ކުލަބުތަކާ އޭއެފްސީ އަދި ފީފާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ގަވާއިދެކެވެ.ކޮންގްރެސްގައި އެޖެންޑާ ކުރެވިފައިވާ ކަންކަން:2023 އަދި 2024 ގެ އަހަރީ ރިޕޯޓް ފާސް ކުރުން2023 އަދި 2024 ގެ އޮޑިޓް ރިޕޯޓް ހުށަހެޅުންމި އަހަރުގެ ބަޖެޓް ފާސް ކުރުން2025 އިން 2028 އަށް އޮޑިޓްކުރާނެ އޮޑިޓަރުން އައްޔަން ކުރުންހިންގާ ގަވާއިދު ފާސް ކުރުންއިލްކްޓޯރަލް ކޯޑް ފާސް ކުރުންއާ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުންފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަސާސީ ގަވާއިދު އިސްލާހުކުރުމަށްފަހު އާ އިންތިހާބެއް ބޭއްވުން ހިމެނެ އެވެ.މި ކޮމިޓީގެ އެއް އަހަރުގެ ދައުރު ޖުލައި 23 ވަނަ ދުވަހަށް ހަމަވާނެ އެވެ. ދައުރު ހަމަވުމުގެ ކުރިން އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބު ނުބޭއްވިއްޖެނަމަ، އެފްއޭއެމަށް ފީފާގެ ސަސްޕެންޝަނެއް އަތުވެދާނެކަމުގެ ބިރު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ